ބިލެތްދޫ ހެލްތު ސެންޓަރ
ދިވެހިރާއްޖެ
ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލުކުރުމަށް ކުރެވޭ އިޢުލާނު

އިޢުލާނު

މަޤާމު:

ވޯރޑް މެނޭޖަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ގިންތި:

ދާއިމީ

ހަވާލުކުރެވޭ މުއްދަތު:

4 އަހަރު (ހަތަރު އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ. ބިލެއްދޫ ޞިއްހީމަރުކަޒު / ފ. ބިލެއްދޫ

އެޑަޑް ރެސްޕޮންސިބިލިޓީ އެލަވަންސް ދެވޭ މިންވަރު:

-/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 ވޯޑް މެނޭޖަރގެ ޒިންމާތަކަކީ "ނަރުހުންގެ ވަޒީފާގެ އޮނިގަނޑު" ގައި ބަޔާންކުރާ ނަރުހުންގެ ވަޒީފާގައި   ކުރަންޖެހޭ އަސާސީ މަސްޢޫލިއްޔަތުގެ އިތުރުން ހަވާލްކުރެވޭ ޒިންމާތަކެވެ. މިގޮތުން ޙަވާލް ކުރެވޭ   ޒިންމާތަކަކީ:  

  1. ނަރުހުންގެ އިސްފަރާތެއްގެ ގޮތުން ހުރިހާ ނަރުހުންނާއި އަދި މިނޫންވެސް ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހާ ކަންކަން ގާތުން ބަލާ މުވައްޒަފުންނާއި ގުޅޭގޮތުން ނަގަންޖެހޭ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ނެގުން.
  2. ނަރުހުންނާއި އެހެން މުވައްޒަފުންނަށް ޚާއްޞަކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ކްލާސްތައް ޤަވާޢިދުން ރާވާ ހިންގުން.
  3. ނަރުހުންގެ ޑިޕާޓްމަންޓްގެ އެކިއެކި އޭރިއާތަކަށް އިންޗާޖުން ކަނޑައަޅާ އިންޗާޖެއްގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ޙަވާލުކޮށް މަސްއޫލިއްޔަތުތައް އަދާކުރޭތޯ ބެލުން.
  4. ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި ބޭނުންކުރާ އާލާތްތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި އިޤުތިޞާދުކުރުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިޚްލާސްތެރިކަމާއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.
  5.  ކޮންމެ ހަފްތާއަކު ޑިޕާޓްމަންޓަށް ބޭނުންވާ ތަކެތި އިންޑެންޓްކޮށް ތަކެތި ހޯދުން.
  6. ނާކޮޓިކް ބޭސް ހުންނަ ކަބަޑު އަބަދުވެސް ތަޅުލާފައި ހުރޭތޯ ބެލުން.
  7. އެޑްމިޓް ކުރެވިފައިވާ ބަލިމީހުން ޙަވާލުކުރެވިފައިވާ ނަރުހުން އެމީހުންގެ ޒިންމާ އަދާކުރޭތޯ ބެލުން.
  8. ޑިޕާޓްމަންޓުގެ ޙާލަތު ޤަވާޢިދުން ބެލުމާއެކު ނަރުހުންގެ މަސައްކަތަށް ދަތިވާ ކަންކަން މެނޭޖްމަންޓާއި ގުޅިގެން ޙައްލުކުރަން މަސައްކަތްކުރުން.
  9. ހޮސްޕިޓަލުގެ އަމާޒާއި އެއްގޮތަށް ޔުނިޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  10. ހަމަހަމަކަމާއެކު ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ހުރިހާ މުވައްޒަފުންނަށް ބާރުއަޅާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
  11. ނަރުހުންދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ނަރުހުން ތަމްރީން ކުރުމަށް ޕްލޭނިންގ ހަދާ އެއާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.
  12. ކޮންމެ ހަފްތާއަކު ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުމާއި، ސަލާމް ބުނެގެން ނުވަތަ އެއްވެސް ސަބަބަކާއި ހުރެ މުވައްޒަފަކު ޑިއުޓީއަށް ނުނިކުމެއްޖެނަމަ ޑިއުޓީތަކަށް ބަދަލު އިންތިޒާމް ހަމަޖެއްސުން.
  13. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް މަރުކަޒުން ރާވާ ހިންގާ ހޮސްޕިޓަލްގެ ކަންތައްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް:

ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ރޭންކް 7 (ސްޓެޕް1) ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ޝަރުތު ހަމަވެ، އެ ރޭންކުން ފެށިގެން މަތީ މަގާމެއްގައި ހުރި ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވޯޑު މެނޭޖަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިޢުލާނަށް އިޖާބަދީ، މަގާމަށް ކުރިމަތިލުމަށް އެދި އިދާރާއަށް ހުށަހަޅާ ސިޓީ / އީމެއިލް.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ނަރުހުންގެ އޮނިގަނޑުގައި ރޭންކް 7 / ސީނިއަރ ރެޖިސްޓަރޑް ނަރސް އިން ފެށިގެން މަތީ މަޤާމެއްގައި ވަޒީފާ އަދާކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

(ށ)   ނަރުހުންގެ އޮނިގަނޑުގައި ރޭންކް 7 / ސީނިއަރ ރެޖިސްޓަރޑް ނަރސް އިން ފެށިގެން މަތީ މަޤާމެއް ނުވަތަ އެއާއި އެއްފެންވަރުގެ މަޤާމެއްގައި ވަޒީފާ އަދާކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑާއި ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލުކުރެވޭ އުސޫލުގައި ހިމެނޭ ކަންތައްތަކާ އެއްގޮތަށް)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ނޮވެމްބަރ 14 ގެ 12:00 ގެ ކުރިން، ފ. ބިލެއްދޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އިޢުލާނަށް ކުރިމަތިލުމަށް ހުށަހަޅާ ސިޓީ/ލިޔުން ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

ޥޯޑު މެނޭޖަރުންގެ ޒިންމާ ހަވާލުކުރުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ނޮވެމްބަރ 15 އާއި 2023 ނޮވެމްބަރ 23 އާ ދެމެދު، ފ. ބިލެއްދޫ ޞިއްހީމަރުކަޒު ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި އިޢުލާނަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740647 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

07 ނޮވެންބަރު 2023
ހޯދާ