މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަރާމާތާގުޅޭ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ މަރާމާތާގުޅޭ މަސައްކަތްތަކެއް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ސްކޫލުގެ ނަންބަރު 2015/04/އެމް.އެސް އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ސްކޫލުގެ ސައުންޑު ސިސްޓަމް ރަނގަޅުކުރުން

އޭސީ ސަޕްލައިކޮށް އިންސްޓޯލް ކުރުން.

ވީމާ، މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2015ވާ ހޯމަދުވަހުގެ 13:30އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ 13:30ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މި ސްކޫލުގެ އޮފީސްގޭޓުން (އަމީރުއަޙުމަދު މަގު) ވަދެވަޑައިގެންނެވުން އެދެމެވެ.                                            

12 މާރިޗު 2015
ހޯދާ