ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

 

 

 

އިޢުލާން

 

ކައުންސިލަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

  1. މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 1 ޕިކަޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)370-ESMS SC/370/2023/1 ( 08 ޖަނަވަރީ 2023 ) ޢިއުލާނާއި ގުޅިގެން ހުށަހަޅިފައިވާ އަގުތަށް ބަޖެޓަށް ވުރެ ބޮޑުވާތީ، އެ ޢިއުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 1.5 ޓަނުގެ 1 ޕިކަޕް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

-          މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 ނޮވެމްބަރ 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

-          ރެޖިސްޓްރީވުމަށް ދެވިފައިވާ މުއްދަތުގައި ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ރަޖިސްޓްރޭޝަން ފީ

-          ބީލަމުގައި ރަޖިސްޓްރީވުމަށް 500 ރ ( ފައްސަތޭކަ ރުފިޔާ ) ގެ ނަން- ރިފަންޑަބަލް ފީއެއް ނެގޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރި ސްލިޕް ރަޖިސްޓްރޭޝަން ފޯމާއެކު މެއިލްކުރެއްވުން އެދެމެވެ.

-          އެކައުންޓްގެ މަޢުލޫމާތު:

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

-          2023 ނޮވެމްބަރ 22 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހަޅަންވާނެއެވެ.

-          ބީލަން ހުޅުވުން އޮންނާނީ 2023 ނޮވެމްބަރ 22 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

 

  1. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ކައުންސިލަށް ބޭނުންވާ ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ " މިހެން ލިޔެފައި އޮންނަންވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި / ކުންފުނި ރަޖިސްޓްރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަމިއްލަފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާޓްނަރޝިޕް ފަދަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  3. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްތަކައި ދަންނަވަމެވެ. މި ބީލަމާގުޅިގެން ދެވޭ މަޢުލޫމާތު ހިމެނޭ ކަރުދާސް މި އިއުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު: 6740012 / 7666594 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

06 ނޮވެމްބަރ 2023

                  22  ޖުމާދަލްއާޚިރާ 1445

 

 

ޙާދިމްކުމް

 

 

މޫސާ އަޙްމަދު

ފީއަލީ ކައުންސިލްގެ ރައީސް

 

 

 

06 ނޮވެންބަރު 2023
ހޯދާ