ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިއޯ ޓްރޭޑިންގ ޙައްޖު އަދި އުމްރާ ދަތުރުގެ ފުރުޞަތަށް ހުޅުވާލުން

ުރީ އަހަރެކޭ އެއްގޮތަށް 1445 ވަނަ އަހަރުވެސް ލިއޯޓްރޭޑިންގ ކުންފުނީގެ ޚަރަދުގައި ގއ. ނިލަންދޫގެ ރައްޔިތުންގެ ތެރެއިން ކޮންމެވެސް އެއް ފަރާތް އުމްރާއަށް އަދި ކޮންމެވެސް އެއް ފަރާތެއް ހައްޖަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގެ އެންމެހާ އިންތިޒާމްތަކާއި، ދާނެ ފަރާތް ކަނޑައެޅުން ލިއޯޓްރޭޑިންގ އިން ވަނީ މިކައުންސިލާއި ހަވާލުކޮށްފައެވެ.

 

 

ވީމާ، މިއަހަރު އުމްރާ ދަތުރަށް އަދި ޙައްޖު ދަތުރަށް ލިއޯޓްރޭޑިންގ ކުންފުނީގެ އެހީގެ ދަށުން ދިއުމަށް ބޭނުންވާ ފަރާތްތަކުން، އެކަން ބަޔާންކޮށް 14 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

 

 އެހީގެ ދަށުން މި އުމްރާއަށް، ދިއުމަށް ހޮވޭ ފަރާތާއެކު އެހީތެރިއެއް ނުވަތަ މަޙްރަމެއް ދާންޖެހޭނަމަ އެކަމެއް ހަމަޖައްސާނީ ހޮވޭފަރާތުން އަމިއްލައަށް ކަމުގައި ދަންނަވަމެވެ. ޙައްޖު އަދި އުމްރާ ދަތުރަށް އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިޢުލާނުގައިވާ މުއްދަތުތެރޭގައި ސިޓީ ހުށަޅައިފިނަމަ، އުމްރާއަށް ޝަރުތުހަމަވާ ފަރާތްތައް ކަނޑައަޅާނީ މިކައުންސިލުން އެކަމަށް އައްޔަންކުރެވޭ ކޮމެޓީއަކުންނެވެ. ޝަރުތު ހަމަވާ ފަރާތްތައް އެކަކަށްވުރެ ގިނަ ނަމަ އުމްރާއަށް ދާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތަކުންނެވެ. މި އާއެކު "ޙައްޖު/ޢުމްރާ އަޅުކަމަށް މީހުން ފޮނުވުމުގެ އުސޫލު" އާންމުކުރަމެވެ.

 

އަދި ދަންނަވަމެވެ. އެހެން އަހަރުތަކާއި ޚިލާފަށް 1445 އަހަރުގެ ޙައްޖު ދަތުރު އަދި އުމްރާ ދަތުރަށް ހޮވޭ ފަރާތްތަކުން ކޯޓާ ހޯދުމުގެ ކަންކަން ކުރަންވާނީ އަމިއްލައަށް ކަމުގައި ދަންނަވަމެވެ. އެހެންނަމަވެސް ކޯޓާއަށް ދައްކަންޖެހޭ ފައިސާ ކައުންސިލް މެދުވެރިކޮށް ލިއޯ ޓްރޭޑިންގ އިން ދައްކައިދޭނެ ވާހަކަ އެންމެހާ ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.

 

މިހެންވެ މިކަން އާންމުކޮށް މިކަން އަންގައި އިޢުލާންކުރީމެވެ.

05 ނޮވެންބަރު 2023
ހޯދާ