މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު މުވައްޒަފުން (މިސްކިތްތަކަށް)

ވަޒީފާގެ ފުރުސަތު

 

ތިރީގައި މިވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިކައުންސިލް އިދާރާގެ ބެލުމުގެދަށުގައިވާ މިރަށު މިސްކިތްތަކަށް އެކި ދުވަސްވަރު ވަގުތީ މަސައްކަތު މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް

ވަގުތީ މަސައްކަތު (ވޭޖް އެމްޕްލޯއީމަންޓް)

އޮފީސް / އިދާރާ

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަސް ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް، ސޯޝިއަލް، މުނިސިޕަލް، އެންޑް ޕްރޮޖެކްޓްސް ސެކްޝަން

މަސައްކަތް ކުރަން ޖެހޭނެތަން

މިސްކިތްތައް

މަސައްކަތު ގަޑި

ދުވާލަކު 06 ގަޑިއިރު މަސައްކަތް ކުރާގޮތަށް، ބަހާލައިގެން ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް ހިމަނައިގެން

އުޖޫރަ

ގަޑިއިރަކަށް 45 ރުފިޔާ

ބޭނުންވާ އަދަދު

08 މުވައްޒަފުން

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ކިނޮޅަހު ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެ އެވެ.)
  2. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށު ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމް އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން
  2. ރަށުކައުންސިލުން އިންތިޒާމުކުރާ ގޮތެއްގެ މަތިން މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެންހުންނަ މަގުތަކުގައި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގައި މިސްކތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާޢި ކުނި އުކާލުމުގެ މަސައްކަތް ކުރުން ( މީގެތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތައް ނުހިމެނޭނެއެވެ.)
  3. މިސްކތުގެ ވަޅުދިޔަހިއްކާ ސާފުކުރުން.
  4. އިމާމު / މުދިމް އަންގާ ގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރިލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅާ ސާފުކުރުން. އަދި ހޮޅިބުރިތަކާއި ފަންކާތައް އޮފީހުން ހަމަޖައްސާއުޞޫލަކުން ދިއްލުމާއި ނިއްވުން.
  5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން / މުދިމު އިމާމު އަށާއި ރަށުކައުންސިލަށް އަންގަމުން ގެންދިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖްރިބާ
  2. އިންޓަވިއު

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

15 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:30  ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. 

 

އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ބޭނުންވާ ޢަދަދަށްވުރެ އިތުރަށް ކުރިމަތިލާފައިވާނަމައެވެ. އެގޮތުން ބޭއްވޭ އިންޓަވިއު އޮންނާނީ 2023 ނޮވެމްބަރ 19 އާ 23 އާ ދެމެދު،  ރ. ކިނޮޅަހު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000312 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 4000312 އެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.

 

22 ރަބީއުލްއާޙިރު 1445

06 ނޮވެމްބަރ 2023

06 ނޮވެންބަރު 2023
ހޯދާ