މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
2023 ވަނަ އަހަރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތަކަށް ފައިސާ ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 2023 ވަނަ އަހަރު ގަނެފައިވާ މުދާ އަދި ހޯދާފައިވާ ޙިދުމަތްތަކުގެ ބިލްތައް 15 ނޮވެންބަރު 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހެޅުއްވުމަށް ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

ބިލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 ން ފެށިގެން މެންދުރުފަހު 13:30 ގެ ނިޔަލަށް މިމިނިސްޓްރީގެ ކައުންޓަރުންނެވެ. އަދި އީމެއިލް މެދުވެރިކޮށް ބިލްތައް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 15 ނޮވެންބަރު 2023 ވާ ބުދަ ދުވަހުގެ 14:00 ކުރިން [email protected]  ނުވަތަ [email protected]  އަށް އީމެއިލް ކުރަންވާނެއެވެ.

 

15 ނޮވެންބަރު 2023 ފަހުން ލިބޭ ބިލްތަކަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ކޮންމެ އަހަރަކަށް ބަޖެޓް ހަމަޖެހިފައިވަނީ އެއަހަރެއްގެ ޚަރަދުތަކަށް ކަމަށްވާތީ، މި އަހަރުގައި ކުރުމަށް ހަމަޖެހިފައިވާ ޚަރަދެއް މި ފެށޭ އަހަރު ކުރަން ޖެހިއްޖެނަމަ އެކަން ކުރެވެން އަންނަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ޙާއްޞަ ހުއްދައެއްގެ ދަށުން ކަމަށް ވާތީއެވެ.

 

އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

05 ނޮވެންބަރު 2023
ހޯދާ