ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްދޯނި ފަހަރުން ކުނިނެގުމާއި ބެހޭ

ކައުންސިލުން އެކުލަވާފައިވާ ޤަވާއިދު ނަންބަރު 2014/R-291 ކުނިއުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުސޫލަށް އިސްލާހު ގެނައުމަށް ފަހު އެޢުސޫލު ފާސްކުރުމާއި ގުޅިގެން ބަދަރު ބޭނުން ކުރާ މަސްދޯނިފަހަރާއި ، އެހެނިހެން އުޅަދުފަހަރުތަކުން އުފެދޭ ކުނިތައް ދުވަހުން ދުވަހަށް ނެގޭނެ އިންތިޒާމް މިއިދާރާއިން ވަނީ ހަމަޖައްސާފައެވެ. މިގޮތުން ،މަތީގައި ދެންނެވިފައިވާ އުސޫލައާއި އެއްގޮތަށް ކުނިނެގުމަށް މިއިދާރާގައި ރަޖިސްޓްރީކުރުމަށް މަސްދޯނިތަކުގެ ވެރިފަރާތަކަށް ދެންނެވީމެވެ. މިގޮތުން ކުނިއުކާލުމަށް މަހަކަށް  ދައްކަށް ޖެހެނީ -/250 ރުފިޔާއެވެ.  ޤަވާއިދު ނަންބަރު 2014/R-291 ޚިލާފުވާފަރާތް ތަކާމެދު މިޤަވާއިދުގެ 10 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންދާނެ ވާހަކަވެސް ދަންނަވަމެވެ.

މިކަމަކީ ވިލިނގިލި ބަދަރު ސަރަހައްދު  ސާފު ތާހިރުކޮށް ބޭއްވުމަށް ކުރާ ކަމަކަށްވާތީ މިކަމުގައި ބަނދަރު ބޭނުން ކުރާ އެއްމެހައި ފަރާތްތަކުގެ  އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 ނޮވެންބަރު 2023
ހޯދާ