ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު މިސްކިތް ކުރިމަތީގައި މޮނިއުމެންޓް އެއް ހެދުމާއި ގުޅޭ

އިޢުލާން

 

ހުކުރު މިސްކިތް ކުރިމަތީގައި މޮނިއުމެންޓް އެއް ހެދުމާއި ގުޅޭ

 

                      މިރަށު ހުކުރު މިސްކިތް ކުރިމަތީގައި އޮތް ހުސްބިމުގައި މޮނިއުމެންޓް އެއް ހެދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިއިދަރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ނޮވެންބަރ  2023 ވާ އާދީއްތަ ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށް ފަހު 12 ނޮވެންބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                     ކަނޑައެޅިފައި ގަޑިއަށް މައުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. މި މަސައްކަތައް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. އަދި މިނިސްޓްރީ  އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި މީރާގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔެކިޔުންތައް ހުށަނާޅާނަމަ އަންދާސީ ހިސާބް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                   ވީމާ، މިކަން އާމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.              

          

                     17 ރަބީއުލްއާޙިރާ 1445

                     01 ނޮވެންބަރ 2023 

 

01 ނޮވެންބަރު 2023
ހޯދާ