މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ރުއްގަހުގައި ނަންބަރު ޖެހުމާ ގުޅޭ

c

 

 

 

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

     ރަތްމަންދޫ، ދިވެހިރާއްޖެ.                                      ނަމްބަރ: (IUL)362/362/2023/31

 

 

 

އިޢުލާން

 

ގޯތީން ބޭރުގައި ހުރި އަމިއްލަ ރުއްގަހުގައި ނަންބަރު ޖެހުމާ ގުޅޭ

                     ގޯތީން ބޭރުގައި އިންދާފައިވާ އަމިއްލަ ފަރާތްތަކުގެ ރުއްގަހާއި ރައްޔިތުންގެ ރުއްގަހުގައި ނަންބަރު ޖެހިފަހުން ގިނަ ޒަމާންތަކެއްވުމުންނާއި ގޯތީން ބޭރުގައި ރުއްގަސް އިންދުމަށް ކައުންސިލް އިދާރާއިން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ރުއްގަސް އިންދުން ޢާއްމުވަމުންދިއުމުގެ ސަބަބުން ރުއްގަހުގެ މިލްކުވެރިކަމާމެދު އުފެދޭ މައްސަލަތައް ޙައްލުކޮށް ރުއްގަސް އިންދުމާއި ރުއްގަހުގައި ނަންބަރު ޖަހައި ރުއްގަސް ރަޖިސްޓްރީ ކުރުމުގެ އުޞޫލު ހަރުދަނާކުރުމުގެ ގޮތުން ގޯތީން ބޭރުގައި ރުއްގަސް އިންދުން ވަގުތީ ގޮތުން މެދުކަނޑާލައި، ގޯތީން ބޭރުގައި އިންދާފައިވާ އަމިއްލަ ފަރާތްތަކުގެ ރުއްގަހުގައި ނަންބަރު ޖެހުމަށް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 06 ވަނަ ދުވަހު ޢާއްމުކުރި މިއިދާރާގެ ނަންބަރު: (06-01-2021) (IUL)362/362/2021/2 އިޢުލާނުން 53 ދުވަހުގެ މުއްދަތު ދެވިފައިވާނެއެވެ. އެ އިޢުލާނުގެ މުއްދަތު ހަމަވިއިރު ރަށުން ބޭރުގައި ދިރިއުޅޭ ބައެއް ފަރާތްތަކުގެ ރުއްގަހުގައި ނަންބަރު ޖަހާފައިނުވާތީ އެފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން 2021 ވަނަ އަހަރުގެ މާރޗް މަހުގެ 04 ވަނަ ދުވަހު ޢާއްމުކުރި މިއިދާރާގެ ނަންބަރު: (04-03-2021) (IUL)362/362/2021/8 އިޢުލާނުން 31 ދުވަހުގެ މުއްދަތު ދެވިފައި ވާނެއެވެ. މި 31 ދުވަހުގެ މުއްދަތު ހަމަވިއިރުވެސް ނަންބަރު ނުޖަހާ ރުއްގަސް ހުރިކަން މިއިދާރާއަށް އެނގިފައިވާތީ 2023 ވަނަ އަހަރުގެ ސެޕްޓޭމްބަރ މަހުގެ 12 ވަނަ ދުވަހު ޢާއްމުކުރި މިއިދާރާގެ ނަންބަރު: (12-09-2023) (IUL)362/362/2023/27 އިޢުލާނުން އިތުރު 30 ދުވަހުގެ މުއްދަތު ދެވިފައިވާނެވެ.

މަތީގައި ދެންނެވިފައިވާ ގޮތުގެ މަތީން ދެވިފައިވާހުރިހާ މުއްދަތެއް ހަމަވިއިރުވެސް ގޯތީން ބޭރުގައި އިންދާފައިވާ އަމިއްލަ ފަރާތްތަކުގެ ރުއްގަހުގައި ބައެއް ފަރާތްތަކުން ނަންބަރު ނުޖަހާ ހުރިކަން މިއިދާރާއަށް ވަނީ ފާހަގަ ކުރެވިފައެވެ.

                     ވީމާ، ގޯތީން ބޭރުގައި އިންދާފައިވާ ރުއްގަހުގައި މިހާތަނަށް ނަންބަރު ނުޖަހާހުރި ފަރާތްތަކުން 2023 ވަނަ އަހަރުގެ ޑިށެމްބަރ މަހުގެ 03 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެރުއްގަހުގައި ނަންބަރު ޖެހުމަށްފަހު ނަންބަރު ޖެހި ފޯރް މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ނަންބަރު ޖަހަންވާނީ ރުއްގަހުގެ ނަންބަރު ޖެހުމަށް މިއިދާރާއިން ތައްޔާރުކޮށްފައިވާ ފޯމުގައެވެ. 2023 ނޮވެމްބަރ 01 ވަނަ ދުވަހުންފެށިގެން ރަސްމީ ދުވަސްތަކުގައި 8:00 އިން 14:00 އާ ދެމެދު މިއިދާރާއިން ފޯމް ލިބެންހުންނާ ވާހަކަ ދަންނަވަމެވެ.

                     އަމިއްލަ ފަރާތްކުގެ ރުއްގަހުގެ މިލްކުވެރިކަމާމެދު އުފެދޭ މައްސަލަތަކަށް ޙައްލެއް އަންނާނީ އަމިއްލަ ފާރަތްތަކުގެ ރުއްގަހުގައި ނަންބަރު ޖަހާ ނިމުމުން ރައްޔިތުންގެ ރުއްގަހުގައިވެސް ނަންބަރު ޖަހައި، އަމިއްލަ ފަރާތްތަކުގެ ރުއްގަހާއި ރައްޔިތުންގެ ރުއްގަސްވެސް ކައުންސިލް އިދާރާގައި ޤަވާޢިދުން ރަޖިސްޓްރީކޮށްގެންނެވެ. އެހެންކަމުން މިހާތަނަށް ނަންބަރު ނުޖަހާހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގައި ނަންބަރު ޖެހުމަށް މިއިޢުލާނުން ދީފައިވާ މުއްދަތު ހަމަވާއިރު މިއިޢުލާނުގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް ނަންބަރު ނުޖަހާ ހުންނަ ރުއްގަހުގައި ރައްޔިތުންގެ ނަންބަރު ޖަހައި ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިހާތަނަށް ދީފައިވާ މުއްދަތުތަކާއި އަދި މި އިޢުލާނުން ދީފައިވާ މުއްދަތު ހަމަވާއިރު ނަންބަރު ނުޖަހާ ހުންނަ އަމިއްލަ ފަރާތްތަކުގެ ރުއްގަސް ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ނަންބަރު ޖަހައި ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ރަޖިސްޓްރީ ކުރަނީ މިއިދާރާއިން ބަލަހައްޓަން ޖެހޭ އަމިއްލަ ރުއްގަހާއި ރައްޔިތުންގެ ރުއްގަހުގެ ދަފުތަރަކީ އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މިލްކުވެރިކަން ޝަރުޢީ ކޯޓް މެދުވެރިކޮށް ބަދަލުކުރަން ޖެހޭ ޙާލަތްތަކުގައި ޝަރުޢީ ކޯޓަށް ދޭންޖެހޭ މަޢުލޫމާތު ހިމެނޭ ދަފުތަރަކަށްވާތީ އެދަފުތަރުގައި ހިމެނޭ ރުއްގަހަކީ ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ނަންބަރު ޖަހައި މިއިދާރާގައި ރަޖިސްޓްރީކޮށްފައިވާ ރުއްގަސްކަމުގައި ވާންޖެހޭތީއެވެ.

ރުއްގަހުގައި ރައްޔިތުންގެ ނަންބަރު ޖެހުމަށްފަހު އެ ރުއްގަހުގެ މިލްކުވެރިކަމާމެދު އުފެދޭ މައްސަލަތަށް ޙައްލުކުރާނީ ޝަރުޢީ ކޯޓަކަށް ހުށަހަޅައި ކޯޓުން އެމައްސަލަ ނިންމަވާ ގޮތެއްގެމަތީންކަމުގައިވެސް ދަންނަވަމެވެ.

       17 ރަބީޢުލްއާޚިރު 1445

       01 ނޮވެމްބަރ 2023

01 ނޮވެންބަރު 2023
ހޯދާ