އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ޕިއުރިފައި ބޭނުންވާ ގޭބީސީތަކުން ފޯމް ފުރުއްވުމަށް

ނަންބަރ: A/IUL/344/2023/99

                       އިޢުލާން

 

         މިކައުންސިލްގެ 2022-2026 އަށް ހެދިފައިވާ ތަރައްޤީ ޕްލޭން ގައި މިރަށުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭނެ އިންތިޒާމް ގާއިމުކުރުމަށްޓަކައި ބުއިމަށް ބޭނުންކުރާ ފެން، ޕިއުރިފައި ފިލްޓަރ ސިސްޓަމް ބޭނުންކޮށްގެން ސާފުކޮށްފައިވާ ފެން ކަމުގައި ހެދުމަށް ވަނީ ކަނޑައެޅިފައެވެ. މިގޮތުން އއ.ފެރިދޫ ގޭބީސީތަކުގައި ބޭނުންކުރާނެ ވޯޓަރ ޕިއުރިފަޔަރތައް ހޯދުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންދާކަމުގައި ދަންނަވަމެވެ.

         ވީމާ، މަތީގައި ދެންނެވުނު ޕްރޮޖެކްޓްގެ ދަށުން ދޫކުރާ ވޯޓަރ ޕިއުރިފައި ބޭނުންވާ ގޭބީސީތަކުން މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާ ފޯމް ފުރުއްވުމަށްފަހު، ގޭގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އާއި އެކު 2023 ނޮވެމްބަރ 26 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. މިފޯމް މިކައުންސިލްގެ އިދާރާއިން ވެސް ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ.

 ރައްޔިތުންގެ ޞިއްޙީދުޅަހެޔޮކަމާއި ފުދުންތެރިކަމަށް ކުރޭ މިފަދަ ކަންކަން ރައްޔިތުން ބަލައިގަންނަކަމީ މިކައުންސިލްގެ ފަހުރެއްކަމުގައި ދެކެމެވެ.

31 އޮކްޓޫބަރު 2023
ހޯދާ