ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޒާބުހުއްޓާއިން ދޮންވެލި ނެގުން މަނާކޮށް، ދެކޮނުކޮޅުގެ ޞަރަޙައްދެއްވެލި ނެގުމަށް ހަމަޖެއްސުމާއި ގުޅޭ

މިރަށުގެ އާންމު ބޭނުންތަކަށް އުތުރުކޮޅު އަޒާބުހުއްޓާގެ މޫދުން ދޮންވެލި ނެގުން މަނާކޮށް، ވެލި ނެގުމަށް ރަށުގެ ދެކޮނުކޮޅު ފަރުކައިރިން ޞަރަޙައްދެއް މިހާރުވާނީ ހަމަޖައްސާފައެވެ. ވީމާ، ތިރީގައި ބަޔާންކުރާ މިއުސޫލުތަކާއި އެއްގޮތަށް ވެލިނަގަން ބޭނުންވާ ފަރާތްތަކުން ޢަމަލުކުރަމުންގެންދިއުމަށް ދަންނަވަމެވެ.

1. މިއަދުން ފެށިގެން އުތުރުކޮޅު އަޒާބުހުއްޓާއިން ނަގަމުން އަދި ދޮންވެއްޔާއި ކަށިވެލި ނެގުން މަނާވީއެވެ.

2. މިއަދުން ފެށިގެން ކުރީގެ ތާރީޚްގައި ވެލިނެގުމަށް ހެދިފައިވާ ޗިޓްތަކަށްވެސް ވެލި ނެގޭނީ ދެކޮނުކޮޅުން ވެލިނެގުމަށް ހުއްދަދޭ ޞަރަޙައްދުތަކުންނެވެ.

3. ދެކޮނުކޮޅުން ވެލިނެގުމަށް ހަމަޖައްސާ ޞަރަޙައްދުން ވެލިނެގޭނީ ގޮޑުދޮށުން ފެށިގެން 700 ފޫޓަށްވުރެ ދުރުންނެވެ.

4. ވެލި ނެގުމަށްފަހު ވެލި އަރުވަންވާނީ ޖެޓީގެ ދެކޮނު ފަރާތަށް މުދާބާލާ ޞަރަޙައްދަށެވެ. އަދި މިހާރުވެސް ވެލި ނަގަން ހުއްދަ ދީފައިވާ ދުވަސްތަކާއި، ގަޑިތައް ފިޔަވައި އެހެން ގަޑިތަކެއްގައި ނުވަތަ އެހެން ތަނަކުން ވެލި ރަށަށް އަރުވައި ގެންދިއުމަކީ މަނާކަމެކެވެ. ޚާއްސަކޮށް އިރުއޮއްސި 6 އިން ހެދުނު  6 އާއި ދޭތެރޭ ވެލިނަގައި ވެލިއުފުލުމަކީ މަނާކަމެކެވެ.

5. ވެލި ޗިޓާއި އެކު ބަސްތާއަކުން ކައުންސިލަށް ދައްކަމުންއައި 1 ރުފިޔާ ދައްކަންނުޖެހޭނެއެވެ. އެހެންނަމަވެސް ވެލި ނެގުމަށް ޗިޓް ނުހައްދައި ވެލި ނެގުމަކީ މަނާކަމެކެވެ.

6. މިއުސޫލާއި ޚިލާފަށް ވެލިނަގާފަރާތްތަކުގެ ވެލި ގޮޑުށަށް ހުސްކުރެވޭނެއެވެ. ވެލި ނަގާފަރާތާއި އުފުއްލާފަރާތް އަދި ވެލި ބޭނުން ކުރާ ފަރާތުން ވެލި ނަގާފައިވަނީ ގަވާއިދާއި އެއްގޮތަށްކަން ކަށަވަރުކުރަންވާނެއެވެ.

7. ޤަވާއިދާއި ޚިލާފަށް ނަގާވެލި ގޮޑުށަށް ހުސްކުރުން ނުވަތަ ކައުންސިލުން އަތުލުމުން އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާނުވާނެއެވެ.

8. މި އުސޫލާއި ޚިލާފްވާ ފަރާތްތަކާއިމެދު ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޤަވާއިދުތަކާއި އެޤަވާއިދުތަކުގެ ދަށުން ހެދިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

9. ވެލިނަގާނޭ ޞަރަޙައްދު މިޢިއުލާނާއިއެކު އެޓޭޗްކުރެވިފައިވާ ޗާޓުގައި ފާހަގަ ކުރެވިފައިވާނެއެވެ.

10. މިގޮތަށް ޢަމަލުކުރެވެން ފެށުމާއިއެކު ރަށުގައި ހިންގާ އިމާރާތްކުރުމުގެ ޕްރޮޖެކްޓްތަކާއި ސިނާއީ ނުވަތަ ވިޔަފާރިބޭނުމަށް ރަށުގެ އެއްވެސް ސަރަޙައްދަކުން ވެލިނަގައިގެން ބޭނުންކުރުން މަނާވީއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާންކުރީމެވެ.

31 އޮކްޓޫބަރު 2023
ހޯދާ