މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ މަގުތަކުގައި ޑަސްބިން ބަހައްޓާ އަށިގަނޑު ވެލްޑްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

 

އިޢުލާން

 ހެނބަދޫ މަގުތަކުގައި ޑަސްބިން ބަހައްޓާ އަށިގަނޑު ވެލްޑްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

            ރަށުގެ މަގުތަކުގައި ޑަސްބިން ބަހައްޓާ އަށިގަނޑު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ނޮވެމްބަރ 2023 ވަނަ ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު 05 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހު 13:00 އަށް އަގު ހުށަހަޅާ ފޯމް މެދުވެރިކޮށް، އަގާއި މުއްދަތު ބަޔާކޮށް ހުށަހެޅުންވުން އެދެމެވެ.

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ރަބީޢުލް އާޚިރް 1445

30 އޮކްޓޯބަރ 2023

 

 

30 އޮކްޓޫބަރު 2023
ހޯދާ