ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި ޤާއިމްކުރެވެމުންދާ ފެނުގެ ޚިދުމަތުގެ ޓްރަޔަލް ޕްރޮގްރާމްއާއި ގުޅޭ

މިރަށުގައި ޤާއިމްކުރެވެމުންދާ ފެނުގެ ޚިދުމަތުގެ ޓްރަޔަލް ޕްރޮގްރާމްއާއި ގުޅޭ

               މިރަށުގައި ޤާއިމްކުރެވެމުންދާ ފެނުގެ ނިޒާމްގެ ދަށުން ހުޅުވާލެވުނު ފުރުސަތުގައި ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް އެދި ފޯމް ހުށަހަޅާފައިވާ ގެތަކަށް ފެނުގެ ކަނެކްޝަންގުޅައި ނިމިފައިވާތީ، 01 ނޮވެމްބަރ 2023ން ފެށިގެން 03މަސް ދުވަހަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޓްރަޔަލް ޕީރިއަޑްއެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، 31 އޮކްޓޯބަރ 2023ން ފެށިގެން ފެނުގެ ޚިދުމަތަށްއެދޭ ފޯމް ފުރުމަށްފަހު މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފެނުގެ ޚިދުމަތް ލިބޭނީ "ފެނުގެ ޚިދުމަތަށް އެދި ހުށަހަޅާ ފޯމް" މިކައުންސިލަށް ލިބޭ ތަރުތީބުންނެވެ. ފެނުގެ ޚިދުމަތަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފެނުގެ ޚިދުމަތަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރ 2023ން 30 ނޮވެމްބަރ 2023ގެ ނިޔަލަށެވެ. މިމުއްދަތުގައި ފޯމް ހުށަނާޅާ ގެތަކަށް ފެނުގެ ޚިދުމަތް ލިބެނީ ރަސްމީކޮށް ފެނުގެ ޚިދުމަތް ފެށުމުން އަލުން ފޯމް ހުށަހެޅުމުންނެވެ. އަދި ދަންނަވަމެވެ. ޓްރަޔަލް ޕީރިއަޑްގައި އައު ފެނުގެ ކަނެކްޝަން އެއްވެސް ގެޔަކަށް ގުޅައިނުދެވޭނެ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

            ފެނުގެ ޚިދުމަތުގެ ޓްރަޔަލް ޕީރިއަޑްގެ ތެރޭގައި ތިރީގައިވާ ކަންކަމަށް ރައްޔިތުން ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

  • ފެނުގެ ޚިދުމަތުގެ ޓްރަޔަލް ރަން ކުރިއަށްދާނީ 01 ނޮވެމްބަރ އިން ފެށިގެން 03 މަސް ދުވަހުގެ މުއްދަތަށެވެ.
  • މި ޓަރަޔަލް ރަންގެ މަޤްސަދަކީ، މިރަށުގައި ޤާއިމްކުރެވިފައިވާ ފެނުގެ ކަނެކްޝަންތަކުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމާއި، އަދި ފެނުގެ ހޮޅިލައިން ސާފްކުރުމަށާއި، މިމަސައްކަތުގައި މަސްއޫލުވެ އުޅޭނެ މުވައްޒަފުންނަށް މި ނިޒާމްގެ ކަންކަން ދަސްކުރުމަށާއި، ދިމާވާ މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތްތައް ބެލުމެވެ.
  •  ޓްރަޔަލް ރަންގެ މިމުއްދަތުގެ ތެރޭގައި ދިމާވާ މައްސަލަތައް ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޙަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ ޙައްލުކޮށްދޭނެއެވެ.
  • މިޓްރަޔަލް ޕީރިއަޑްގައި އާރް އޯ ޕްލާންޓްގެ ފެން ބުއިމަށް ބޭނުންކުރުމަކީ ރައްކާތެރިކަމެއްނޫނެވެ.
  • 01 ނޮވެމްބަރ 2023ން ފެށިގެން 03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޓްރަޔަލް ޕީރިއަޑްގައި ގޭގެއިން ބޭނުންކުރާ ފެނަށް އެއްވެސް ޗާޖެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، ކޮންމެ މަހެއްގައިވެސް ފެނުގެ ރީޑިންގ ނެގޭނެއެވެ. މި މުއްދަތުގައި ކޮންމެ ގެއަކުންވެސް އެންމެ ގިނައިން ބޭނުންކުރެވޭނީ 5،400 (ފަސްހާސް ހަތަރުސަތޭކަ) ލީޓަރ ފެނެވެ. އަދި މި މުއްދަތުގައި މަހަކު 5،400 ލީޓަރ އަށްވުރެ ގިނައިން ފެން ބޭނުންކުރާ ގެތަކުގެ ފެނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ.
  • ފެނުގެ ޚިދުމަތް ފެށުމުން، ފެން އިސްރާފް ނުކުރުމަށް ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދޭންވާނެއެވެ. އަދި މިމުއްދަތުގައި ދަނޑުވެރިކަންކުރުން، ސައިކަލު ދޮވުން ފަދަ ކަންކަމުގައި މިފެން ބޭނުންކޮށްގެން ނުވާނެއެވެ.
  • ފެނުގެ ޚިދުމަތުގެ ޓްރަޔަލް ރަން ފެށުމުން، މި ޚިދުމަތާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ، ލިޔުމުން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.  

ވީމާ، މިކަން ރައްޔިތުންގެ މަޢުލޫމާތަށްތަކައި ދެންނެވީމެވެ.

                              15 ރަބީއުލްއާޚިރް 1445

                              30 އޮކްޓޯބަރ 2023

30 އޮކްޓޫބަރު 2023
ހޯދާ