މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޭޗަރޕާރކް ތަރައްޤީކުރުން

ޕްރޮޖެކްޓް ނަންބަރު: PC/308/2023/09

ނޭޗަރޕާރކުގައި ކުރަންހުރި މިދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތުތައް

  1. ނޭޗަރ ޕާރކު ހެދުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގެ ބިންގަނޑު އެއްވަރުކުރުމާއި ސާފުކުރުމާއި، ތިރިވެފައިވާ ގަސްތައްކޮށާ  ސާފުކޮށް ކުނިކޮށްޓަށް އުކާލުން.

 ފެންސުޖެހުން

  • 470 ފޫޓްގެ ވަށާ ފެންސުޖެހުން.
  • ފެންސްގެ ފްރޭމް 1’.5” (ދޮޅު އިންޗި)ގެ ދަގަނޑުހޮޅި ވެލްޑްކޮށްގެން ހެދުން.
  • ފެންސް ފްރޭމްގެ އެތެރޭގެ ޑިޒައިން 5”.0 (ބައި އިންޗި) ދަގަނޑުހޮޅި ވެލްޑްކޮށްގެން ހެދުން.
  • ފެންސުގެ އުސްމިން: 3’ ފޫޓު.

 ގޭޓް ހެދުން

  • ފެންސާއިއެކު 3 ގޭޓް ހަދައި ހަރުކުރުން.
  • ޕާކުގެ ހުޅަނގު، ދެކުނު، އިރުމަތީގައި ގޭޓް ހަރުކުރުން.
  • ގޭޓްގެ ފުޅާމިން: 6’ ފޫޓް
  • ގޭޓް ހަދާނީ ދެދޮރުފަތަށެވެ. ދޮރުފަތެއްގައި6’  ފޫޓް ހުންނަންވާނެއެވެ.

 ބުޑުއެޅުން

  • ފެންސުގެ ބުޑުތައް ދީފައިވާ ކުރެހުމާއި އެއްގޮތަށް ކޮންކްރިޓްކުރުން. ( 9”x9” )
  • ބުޑުތަކުގެ ބޮޑުމިން: 12×12×12އިންޗި ހުންނަން ވާނެ.
  • ބުޑުތަށް ހުންނަންވާނީ ބިމުންމައްޗަށް 3 އިންޗި އުސްމިނުގައި ފެން ހަރުނުލާ ގޮތަށް ފެންފައްސަކޮށްފައެވެ.

 ދަވާދުލުން

  • ފެންސްގެ ހުރިހާ ޖޮއިންޓްތަކުގައި ރެޑްލެޑްލުން.
  • ފެންސްގެ ދޮޅު އިންޗި ހޮޅީގައި ގަދަ ފެހިކުލައިގެ މެޓަލް ޕެއިންޓްލުން.
  • ފެންސްގެ ބައި އިންޗި ހޮޅީގައި މަޑުފެހިކުލައިގެ މެޓަލް ޕެއިންޓްލުން.

ރަޖިސްޓްރީކުރުން

2023 ނޮވެމްބަރ 12 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ނޭޗަރ ޕާކު ތަރައްޤީކުރުން (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 ނޮވެމްބަރ 12 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2023 ނޮވެމްބަރ 13 ވާ ހޯމަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

- އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ނޭޗަރޕާރކް ތަރައްޤީކުރުން"

                      މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

                             ރ. މަޑުއްވަރި، ދިވެހިރާއްޖެ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

- ކުންފުނީގެ ޕްރޮފައިލް

- ތަޖުރިބާގެ ލިޔުންތައް

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

މާކްސް ދެވޭގޮތުގެ ތަފްސީލު:

  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު %85

- މުއްދަތު

- ތަޖުރިބާ %5

  1. 100،000.00 (އެއްލައްކަ) ރުފިޔާއިން މަތީގެ މަސައްކަތްތަކަށް ކޮންމެ ލިޔުމަކަށް 05 ޕޮއިންޓް ލިބޭނެއެވެ.
  2. 100،000.00 (އެއްލައްކަ) ރުފިޔާއިން ދަށުގެ މަސައްކަތްތަކުގެ ލިޔުންތަކަށް ކޮންމެ ލިޔުމަކަށް 01 ޕޮއިންޓް ލިބޭނެއެވެ.
  3. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  4. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  5. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

ހ. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

ށ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 އޮކްޓޫބަރު 2023
ހޯދާ