މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2023"ގެ ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

އިޢުލާން

"ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2023"ގެ ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

"ހެނބަދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2023" ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތަށް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ވީމާ ފުޓްސަލް މުބާރާތް ކުރިއަށް ދާއިރު ތިރީގައި މިދަންނަވާ މަސައްކަތްތަށް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ނޮވެމްބަރ 2023 ވަނަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާއަށް ދުރުވެ ސިޓީއަކާއެކު އަގު ހުށަހެޅުއްވުން އެދެމެވެ. ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 20 ޑިސެންބަރ 2023 ވަނަ ދުވަހުއެވެ.

އައުޓްސޯސް ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތް:

  • މުބާރާތުގެ ބެނާ ގޭޓު ހެދުން.
  • ގޯލު ދާގަނޑު ބަދަލުކުރުން.
  • މުބާރާތްކުރިއަށް ދާއިރު ސައުންޑުގެ ހުރިހާ މަސައްކަތެއް ކުރުން.
  • ހުރިހާ މެޗެއްގެ ފޮޓޯ ނެގުން (ފެށުމުގެ ރަސްމިއްޔާތުގެ އިތުރުން ކޮންމެ މެއްޗެއްގެ 6 ފޮޓޯ، ފޮޓޯހުންނަންވާނީ ޑިޒައިންކުރެވިފައި، މުބާރާތުގެ ނަމާއި ކައުންސިލްގެ ނަމާއި ލޯގޯ ހިމެނިފައި އަދި ކޮންމެ މެއްޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ 1 ގަނޑު ފޮޓޯ އިނުން)
  • ފައިނަލް މެޗުގެ ފޮޓޯ ނެގުން (ފައިނަލް މެޗުގެ 6 ފޮޓޯގެ އިތުރުން މަޤާމްތަކަށް ދިޔަ ފަރާތްތަކުގެ ފޮޓޯ ނެގުން)
  • ފައިނަލް މެޗްގައި އިނާމްދިނުމުގެ ރަސްމިއްޔާތައް އެހީތެރިވެ ދިނުން
  • ހުރިހާ މެޗެއް ލައިވްކުރުމާއި ކޮމެންޓްރީ ދިނުން
  • މުބާރާތުގެ ޕޮއިންޓް ޓޭބަލް އަދި ފޭސްބުކް ޕޯސްޓު ހެދުން.
  • ދަނޑުތައްޔާރު ކުރުމުގެ ގޮތުން ދިދަ ދެމުމާއި ބެނާ ހަރުކުރުން އަދި ދަނޑުގެ އަރިމަތި އެއްވަރުކޮށް ރަބަރ އެޅުން
  • ހުރިހާ މެޗެއް ފެށުމުގެ ކުރިން ގޮނޑިޖެހުން.
  • މުބާރާތް ފެށުމުގެ ކުރިނާއި މުބާރާތް ނިމުމުން ދަނޑުގެ ކުނިތަށް ނެގުން

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                            14 ރަބީޢުލް އާޚިރް 1445

                              29 އޮކްޓޯބަރ 2023  

 

29 އޮކްޓޫބަރު 2023
ހޯދާ