ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ޓީޗަރސް ވޯކްސްޓޭޝަން ހެދުމާއި ގުޅޭ

ހާފިޒު އަހުމަދު ސްކޫލް                                                  Hafiz Ahmed School                                               

   ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ                            Fuvahmulah City, Maldives                                              

                           

 ނަންބަރ: (IUL)GS-74/GS-74/2023/33 

                      

 ބީލަން ހުށަހެޅުމުގެ ދަޢުވަތު                                        

 

ޓީޗާރސް ވޯކްސްޓޭޝަން ހެދުމާއި ބެހޭ

1-މިސްކޫލުގައި އަލަށް ޢިމާރަތްކުރެވޭ 16 ކުލާސްރޫމް ޢިމާރާތުގެ ސުޓާފް ރޫމުގައި ޓީޗަރުންގެ ވޯކް ސްޓޭޝަން ހެދުމާއި

ބެހޭގޮތުން ކުރެވުނު އިއުލާނާއި ގުޅިގެން ހުށަހެޅުނު ބީލަމުގެ ޝަރުޠު ފުރިހަމަނުވާތީ، އަލުން އެބީލަން ހުށަހެޅުމުގެ ފުރުސަތު

ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2-މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 އޮކްޓޯބަރ 30 ން 2023 ނޮވެމްބަރ 02 ށް ބަންދުނޫން ދުވަސްތަކުގެ

08:30 އިން 13:30 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ

މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3-މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެމްބަރ 05 ވަނަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ

އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. 

4-ސުވާލު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށް ދިނުން 2023 ނޮވެމްބަރ 06 ވާ ހޯމަ ދުވަހުގެ 11:00ގައި

މި ސްކޫލުގެ މީޓިންގ ރޫމުގައި އޮންނާނެއެވެ.

5-ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023  ނޮވެމްބަރ 09  ވާ ބުރާސްފަތި ދުވަހުގެ 11:00 ގައިމިސްކޫލުގެ

މީޓިންގ ރޫމުގައެވެ.

6-މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7-ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޙާފިޒް އަޙްމަދު ސްކޫލް

ކަނދުވަލި މަގު، ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ.

ފޯން:  6861989

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

 

                              14 ރަބީޢުލްއާޚިރު 1445

                             29 އޮކްޓޯބަރ 2023  

29 އޮކްޓޫބަރު 2023
ހޯދާ