މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫނު އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައި އޮތް ފަޅުރަށެއްގައި ހުރި ބައެއް މުދާ މި ކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދުން.

ނޫނު އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައި އޮތް ފަޅުރަށެއްގައި ހުރި ބައެއް މުދާ މި ކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދުން.

 

       ނޫނު އަތޮޅު ކައުންސިލް ބެލުމުގެ ދަށުގައި އޮތް ފަޅުރަށެއްގައި ހުރި ބައެއް މުދާ މި ކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބީލަން ރަޖިސްޓްރީކުރުން

         ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންތައްތައް  ކުރިއަށް  ގެންދެވުން  އެދެމެވެ. ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް  ބޭނުންވެލައްވާ ފަރާތްތަކުން  ) (ބިޑްރަޖިސްޓްރީކުރާ ފޯރމް) މިލިންކަށް ވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް ([email protected]) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ތަފްސީލް

ތާރީޚް

ވަގުތު

ބީލަމުގައި ރަޖިސްޓްރީ ކުރުން

25 އޮކްޓޯބަރ 2023 ން 31 އޮކްޓޯބަރ 2023

13:00

މައުލޫމާތު ސާފުކުރެވޭނެ އެންމެ ފަހުގެ ތާރީޚު (މި އިދާރާއިން ހަމަޖައްސާ ތާރީޙުގައި މަސައްކަތް ކުރަންޖެހޭ ސައިޓަށް ދުރުވެ)

01 ނޮވެމްބަރ 2023

13:00

އަންދާސީ ހިސާބު ހުށަހެޅުން

07 ނޮވެމްބަރ 2023

13:00

ބީލަމާގުޅޭ ތާވަލު:

 

 
   

 

 

 

 

އަންދާސީ ހިސާބު ހުށަހެޅުން

         މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައި ދެންނެވިފައިވާ ދުވަހު ދެންނެވިފައިވާ ގަޑިއަށްނ. އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.  

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6560012، 6568501 އެވެ.

25 އޮކްޓޫބަރު 2023
ހޯދާ