މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. އަތޮޅު މުލީގައި އަޅާ ލައިސަންސް ޓްރެކްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިއިދާރާގެ ފަރާތުން މ. މުލީގައި އެޅުމަށް ހަމަޖެހިފައިވާ ލައިސަންސް ޓްރެކްގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، މިއިދާރާއިން ދޭ ކުރެހުމާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް  ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް  02 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން  މި އިދާރާގެ   ([email protected])އަށް ރިކުއެސްޓްކޮށް، އެފަރާތުގެ ތަފްޞީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލް ކުރެއްވުން އެދެމެވެ.
  3. މިކަމާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ  05 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މ. އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
  4. ބީލަމުގައި ރަޖިސްޓްރީ ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 12 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މ. އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 މ.އަތޮޅު ކައުންސިލްގެ އިދާރާ

 ހަވީރީހިނގުން، މ. މުލި، 11050، ދިވެހިރާއްޖެ.

  ފޯން:  6724704

  އީމެއިލް: [email protected]

25 އޮކްޓޫބަރު 2023
ހޯދާ