މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
"ނޫސްވެރިކަމުގެ އިނާމު 2022" ގެ އިވެންޓުގެ އެންމެހާ އިންތިޒާމްތައް ރާވާ ހިންގާނެ ފަރާތެއް ހޯދުމާ ގުޅޭ:

މޯލްޑިވްސް މީޑިއާ ކައުންސިލުގެ "ނޫސްވެރިކަމުގެ އިނާމު2022" ގެ އިވެންޓުގެ އެންމެހާ އިންތިޒާމުތައް (ހޯލު ތައްޔާރުކޮށް، ސައުންޑް އަދި ލައިޓިންގ) ރާވާ ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެހެންކަމުން، މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރަން ފޮނުވާ އީމެއިލްގައި ތިރީގައިމިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ކުންފުނީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާ މައުލޫމާތާ އެއްގޮތަށް 02 ނޮވެންބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިބީލަމާ ގުޅޭ މައުލޫމާތު ޝީޓް މިއިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

09 ރަބީއުލްއާޚިރު  1445

                    

24 އޮކްޓޫބަރު 2023
ހޯދާ