މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
• ކޯޓޭޝަން ބޭނުންވެއްޖެ:

 

  1. މިރަށު ބޯޅަދަނޑު އިންފާރު އަރިވެފައިވާ ބައި ނަގައި ބިންސާފުކުރުމުގެ މަސައްކަތް ކުރަން ބޭނުންވާތީ މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  3. ކޯޓޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 29 އޮކްޓޫބަރ 2023 ވަނަ ދުވަހުގެ 09:00 އާ 13:00 އާ ދެމެދު މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
  4. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  5. މަސައްކަތް ކުރުމާބެހޭ މަޢުލޫމާތު:
  • ބޯޅަދަނޑު އިންފާރު ސޯސަންގެއާ ދިމާ ދޮރާށިން ފެށިގެން ހުޅަނގަށް 181 ފޫޓު ފާރު ނެގުން. ( ގާތްތަޑަކަށް ސޫރަޖު ގޯތި އިންފާރުގައި ހަރުކޮށްފައިވާ މަގުބައްތި ފޮއްޓާ ހަމައަށް)
  • ހަމަޖެހިފައިވާ އުޞޫލުން ގާކުނިތަކާއި ކޮންކްރީޓްތައް އުކާލުން.
  • ފާރުނެގުމުގެ ސަބަބުން ހެދޭ ވަޅުގަނޑުތަކަށް ފަސް އަޅައި އެއްވަރުކުރުން.
  • އިތުރަށް ބޭނުންވާ ވެލި ނަގާނީ ކުނިއަންދާ ތަނުން.
  • ވަޅުގަނޑަށް ފަސް އެޅުމުގެ ކުރިން ކައުންސިލްގެ އިދާރާއަށް ދެއްކުން.
  1. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • ފޯންނަންބަރ:  4005080
24 އޮކްޓޫބަރު 2023
ހޯދާ