އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރެކްޓިކަލް އިމްތިޙާނުދޭނެ އެގްޒަމިނަރުން ހޯދުން

މި ކައުންސިލުން ދޫކުރާ އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޕްރެކްޓިކަލް އިމްތިހާނު ދެއްވާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު:

2 (ފިރިހެން)، 02 (އަންހެން)

ޝަރުޠު:

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، "A0" ކެޓަގަރީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން، ނުވަތަ

 

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، "B1,B2" ކެޓަގަރީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން، ނުވަތަ

 

އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް، "C1,C2" ކެޓަގަރީގައި ހިމެނޭ އުޅަނދު ދުއްވުމުގެ ހުއްދަ ލިބިފައިވުން،

 

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބުނުތާ މަދުވެގެން، 3 އަހަރު ވެފައިވުން

 

ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

 

ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރިމީހަކަށްވުން.

 

ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޡިއްޔަތަކުން މަސައްކަތްކުރަމުންދާ މީހެއްކަމުގައި ނުވުމާއި، ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައިވާނަމަ، އެތަނުން ވަކިވިފަހުން 1 އަހަރުވެފައިވުން.

 

އިމްތިޙާނު އޮންނަ ދުވަސްތަކުގައި އެ ކަމަށް ވަގުތު ހުސްކުރެވޭނެ މީހެއްކަމުގައި ވުން

މަސައްކަތް ކުރަންޖެހޭ ތަން:

ޢާންމު އުޞޫލެއްގެ ގޮތުން މަސައްކަތް އޮންނާނީ ރަސްދޫގައެވެ. މީގެ އިތުރަށް އަތޮޅުގެ ރަށްރަށުގައި ބާއްވާ ލައިސަންސް ބުރުތަކުގައި، މަސައްކަތްކުރަން ޖެހިލައްވާނީ އެ ރަށްރަށުގަ އެވެ.

އުޖޫރަ:

އިމްތިހާނުދޭ A ކެޓަގަރީގެ ކޮންމެ އުޅަނދަކަށް، 25/- ރުފިޔާ.

އިމްތިހާނުދޭ B,C ކެޓަގަރީގެ ކޮންމެ އުޅަނދަކަށް 30/- ރުފިޔާ.

އެޕްލިކޭޝަން ހުށަހަޅަންވީ ތަނާއި ސުންގަޑި

އއ.އަތޮޅު ކައުންސިލް އިދާރާއަށް، 2023 ނޮވެންބަރު 01 ވަނަ ދުވަހުގެ، 14:00ގެ ކުރިން.

ހުށަހަޅަންޖެހޭ ތަކެތި:

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮފީ

އައިޑީކާޑުގެ ކޮޕީ

ވަނަވަރު

ޕޮލިސް ރިޕޯޓް

އެގްޒަމިނަރުން ހޮވުމަށް ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ

ލައިސަންސް / ހުއްދަ ލިބިފައިވާ ކޮންމެ އުޅަނދަކަށް 05 ޕޮއިންޓް

ލައިސަންސް / ހުއްދަ ލިބުނުފަހުން 3 އަހަރުވެފައިވާ ފަރާތްތަކަށް 05 ޕޮއިންޓް

ލައިސަންސް / ހުއްދަ ލިބުނުފަހުން 4 އަހަރާއި 6 ދެމެދުގެ މުއްދަތެއް ވެފައިވާ ފަރާތްތަކަށް 10 ޕޮއިންޓް

ލައިސަންސް / ހުއްދަ ލިބުނުފަހުން 7 އަހަރަށްވުރެގިނަ ވެފައިވާ ފަރާތްތަކަށް 15 ޕޮއިންޓް

އެގްޒަމިނަރެއްގެ ގޮތުގައި މަސައްކަތްކޮށް ލިބިފައިވާ ތަޖްރިބާ އަރަކަށް 5 ޕޮއިންޓް

 

އެގްޒިމިނަރުންގެ މުއްދަތު:

02 އަހަރު ދުވަސް (އެގްޒަމިނަރުން ހޮވުމަށް ޕޮއިންޓްދިނުމުގެ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ، ކޮންމެ ޖިންސަކުން 2، ޖުމްލަ 4 އެގްޒެމިނަރުންނާއެކު، 2 އަހަރު ދުވަހުގެ މުއްދަތަށް އެގްރިމެންޓް ކުރެވޭނެ އެވެ)

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ އަދި ޝަރުޠުހަމަވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމަށް ދަންނަވާފައިވާ ސުންގަޑީގެ ކުރިން، އެޕްލިކޭޝަނާއެކު ހުށަހަޅަން ބުނެފައިވާ ލިޔުންތަކާއެކު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

24 އޮކްޓޫބަރު 2023
ހޯދާ