މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތްކެޔޮ އިންދުމަށް މިރަށުން ބިންދޫކުރުން

އިޢުލާން

 

ފަތްކެޔޮ އިންދުމަށް މިރަށުން ބިންދޫކުރުން

  މިރަށުން ފަތްކެޔޮ އިންދުމަށް 10 އަހަރުދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދިނުމަށް ކިނޮޅަހު ކައުންސިލުން ވަނީ ނިންމާފައެވެ.

  ވީމާ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ހާޒިރުވެ މައުލޫމަތު ސާފުކުރުމަށްފަހު ޕްރޮޕޯޝަލް ހުށައެޅުން އެދެމެވެ.

  • މައުލޫމާތު ދިނުމުގެ ސެޝަން: 26 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކިނޮޅަހު ކައުންސިލްގައި
  • ޕްރޮޕޯޝަލް ހުށައެޅުން: 31  އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 ކުރިން ކިނޮޅަހު ކައުންސިލް އިދާރާއަށް

 

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަހައްދު

މުއްދަތު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި

1

ކައުންސިލް އިދަރާގެ ހުޅަނގު ދެކުނުން ، ހައިޑްރީފޯނިކްސް ބިމުގެ އިރުން

10 އަހަރު

ފަތްކެޔޮ އިންދުމަށް

2000 އަކަފޫޓު

އަކަފޫޓަކަށް މަހަކު 0.25 ލާރި

 

                             މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 31 އޮކްޓޯބަރ 2023 އަންގާރަދުވަހުގެ މެންދުރު ކުރި 10:00 ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީ އުރާގެ ބޭރުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު އަދި އިޢުލާން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2023
ހޯދާ