މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ އިހްތިޞާސްގައި ހުރި ބައެއް ރުއްގަނޑުތައް ބިޑު އުޞޫލުން ވަރުވާއަށް ދޫކުރުން

އިޢުލާން

މިކައުންސިލްގެ އިހްތިޞާސްގައި ހުރި ބައެއް ރުއްގަނޑުތައް ބިޑު އުޞޫލުން ވަރުވާއަށް ދޫކުރުން

 

      މިކައުންސިލްގެ ރުއްގަނޑުތަކުގެ ތެރެއިން B ރުއްގަނޑު ބިޑު އުސޫލުން ވަރުވާ އަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅަވާލަމެވެ.

      ވިމާ، މިރުއްގަނޑު ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 2023 އޮކްޓޯބަރ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ. އަދި މިކަމަށް އެދި ހުށަހަޅުއްވާ ބީލަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ނޮވެމްބަރ 6 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ބޭއްވޭ ބައްދަލުވުމަކަށް ވަޑައިގެންނެވެ. ބީލަން ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި، ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެ އަދި  "ރ. ކިނޮޅަހު ކައުންސިލްގެ ރުއްގަނޑު ވަރުވާއަށް ދޫކުރުމަށް ހުޅުވާލާފައިވާ ބީލަމަށް ކުރިމަތިލުމަށް އެދި " މިހެން ލިޔުއްވާފައެވެ. މި ނޫންގޮތަކަށް ހުށަހަޅުއްވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 6580073 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

24 އޮކްޓޫބަރު 2023
ހޯދާ