ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޒްވޭސަރަހައްދު ސާފްކުރުމާއި ބެހޭ

ރަށުގެ އިރުމަތިފަރާތު ހިއްކާފައިވާ ސަރަހައްދާއި، ރަށުގެ ފަސްގަނޑާއި ދެމެދު އޮންނަ ކޯޒްވޭ ވަރަށްބޮޑަށް ހަޑިވެ އެސަރަހައްދުގައި ހެދިފައިވާ ބައެއް ގަސްތަކުން ހުވަނި ރަށުތެރެއަށް ފެތުރެމުންދާތީ މިދެންނެވި ކޯޒްވޭ ސާފްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

ވީމާ، މިދެންނެވި ކޯޒްވޭގައި އަމިއްލަ ފަރާތްތަކުން ބަހަށްޓާފައިވާ ތަކެއްޗާއި ސާމަނުތައް 3 ދުވަހުގެ ތެރޭ ނެގުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި ކޯޒްވޭ ސާފްކުރަމުންދާއިރު މިފަދަ ތަކެއްޗަށް ލިބޭ ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 އޮކްޓޫބަރު 2023
ހޯދާ