މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ:

2023 އޮކްޓޯބަރ 27 ވާ ހުކުރު ދުވަހު، މި އިދާރާގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޝެއިޚް ޙުސައިން ޔޫސުފްގެ އެވޯޑް ޙަފްލާއަށް 120 މީހުންގެ ފަރިއްކޮޅެއް ތައްޔާރުކޮށް ތަށިމަތި ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        ކޯޓޭޝަން ހުށައެޅުމަށް ހަމަޖެހިފައިވަނީ 2023 އޮކްޓޯބަރ 19 އިން 2023 އޮކްޓޯބަރ 23 ގެ 13:00 ގެ ނިޔަލަށް ކައުންސިލްގެ އިދާރާއަށެވެ.

     ފަރިއްކޮޅުގެ ގޮތުގައި ތައްޔާރު ކުރަން ބޭނުންވާ ތަކެތީގެ ލިސްޓް ތިރީގައި ހިމެނިފައިވާނެއެވެ.

  1. ވައިޓް ރައިސް – ބާސްމަތީ ހަނޑުލުގައި
  2. ތަރުކާރީ ބަތް
  3. ޑެވިލްޑް ޗިކަން
  4. މަސްރިހަ
  5. މަސްރޮށި
  6. ފްރައިޑް ނޫޑުލްސް
  7. ހަނޑުލު ބޮނޑިބަތް ނުވަތަ ކަސްޓަޑް ނުވަތަ ޕިރްނީ ނުވަތަ ކޮށާފައިވާ 3 ވައްތަރުގެ ފުރުޓްސް.
  8. ކަރާފަނި
  9. ސަންކުއިކް ޖޫސް
  10. ނަޓްސް
  11. ޓިޝޫ
  12. ބޯފެން

 

03 ރަބީޢުލް އާޚިރު 1445

18 އޮކްޓޯބަރ 2023

18 އޮކްޓޫބަރު 2023
ހޯދާ