މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލުގެ 1 ވަނަ އަތޮޅު ވޮލީބޯޅަ މުބާރާތް 2023 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

މާލެއަތޮޅު އަތޮޅުކައުންސިލުގެ 1 ވަނަ އަތޮޅު ވޮލީބޯޅަ މުބާރާތް 2023 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

  " މާލެއަތޮޅު އަތޮޅު ކައުންސިލްގެ 1 ވަނަ އަތޮޅު ވޮލީބޯޅަ މުބާރާތް 2023" ގައި ބައިވެރިވުމުގެ މުއްދަތުވަނީ އިތުރުކުރެވިފައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި: 02 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00

ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑި: 06 ނޮވެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00

ގުރުއަތުލުން: 10 ނޮވެމްބަރ 2023 ވާ ހުކުރު ދުވަސް

ވީމާ، މިހާތަނަށް މުބާރާތުގައި ބައިވެރިވެފައިވާ ރަށުކައުންސިލްތަކުގެ އިތުރަށް މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ މިއަތޮޅުގެ ރަށު ކައުންސިލްތަކުން މަތީގައި ދެންނެވިފައިވާ ސުންގަޑީގެ ކުރިން ބޭނުންވާ ލިޔެކިޔުންތައް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމްލިސްޓް ހުށަހަޅާ ފޯމާއި، މުބާރާތުގެ ޤަވާޢިދު ރަށުކައުންސިލް ތަކުންނާއި މި އިދާރާއިން ލިބެން ހުންނާނެއެވެ.

            މުބާރާތުގެ އެކި އެކި ވަނަތަކަށް މިދަންނަވާ ގޮތަށް ކޮންމެ ޑިވިޜަންއަކަށް ވަކިން އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • ޗެމްޕިއަން ޓީމްއަށް 50,000.00 ރުފިޔާގެ ފައިސާގެ އިނާމް
  • ރަނަރަޕް ޓީމްއަށް 25,000.00 ރުފިޔާގެ ފައިސާގެ އިނާމް
  • 3 ވަނަ ޓީމް (5 ޓީމް ނުވަތަ އެއަށްވުރެ ގިނަ ޓީމް ބައިވެރި ވެފައިވާނަމަ)
  • މުޅި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ
  • މުބާރާތުގެ އެންމެމޮޅު 6 ކުޅުންތެރިން އަދި ލިބެރޯ
  • ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗް
  • 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ
  • މުބާރާތުގެ ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ

          މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

16 އޮކްޓޫބަރު 2023
ހޯދާ