ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕީ.އެޗް.ޑީ ސްކޮލަރޝިޕް ފުރުޞަތު (ހިއުމަން ސައިންސަސް / އިކޮނޮމިކްސް އެންޑް ފައިނޭންސް)

ޕީ.އެޗް.ޑީ ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލުމާ ގުޅޭ

ތިރީގައި ބަޔާންކޮށްފައިވާ ދެ ދާއިރާއިން ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ސްކޮލަރޝިޕް ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

#

ކޯހުގެ ނަން / ދާއިރާ

1

ޕީ.އެޗް.ޑީ އިން ހިއުމަން ސައިންސަސް

2

ޕީ.އެޗް.ޑީ އިން އިކޮނޮމިކްސް އެންޑް ފައިނޭންސް

އެހެންކަމުން، މަތީގައި ބަޔާންކޮށްފައިވާ ދާއިރާއިން ކޯހެއް ފުރިހަމަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރިގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

  • ކޯހުގެ ތަފްޞީލު (ކިޔަވަން ގަސްދުކުރާ ނުވަތަ ކިޔަވަމުންދާ ކޯހުގެ މަޢުލޫމާތާއި، ކޯސް ހިންގާ ތަނާއި، ޤައުމު އިނގޭނެ ފަދަ ގޮތަކަށް)
  • އޮފަރ ލެޓަރ
  • ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއް ކަމާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެވިފައިވާ ލިޔުން
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ސަނަދުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

މި ލިޔުންތަކާއިއެކު، 2023 ނޮވެންބަރު 9 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ސްކޮލަރޝިޕަށް އެދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އެޗްއާރު ޑިޕާރޓުމަންޓުގެ އީމެއިލް ([email protected]) އަށް ފޮނުވުމަށް ދަންނަވަމެވެ. މި ސްކޮލަރޝިޕްއާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

- މި އިޢުލާނާ ގުޅިގެން ކުރިމަތިލެވޭނީ ތިރީގައިވާ ޤައުމުތަކުގެ ތެރެއިން ޕަބްލިކް ޔުނިވަރސިޓީތަކުން އޮފަރ ކުރާ ކޯސްތަކަށެވެ.

  • ދިވެހިރާއްޖެ، އިންޑިއާ، ޕާކިސްތާން، މެލޭޝިއާ، ބަންގްލަދޭޝް، ސިންގަޕޯރ، ސްރީލަންކާ، ތައިލަންޑް، ނޭޕާލް، ބޫޓާން، ބުރުނާއި އަދި އިންޑޮނޭޝިއާ

- މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅާނީ ފުލްޓައިމް އެންމެ ކޯހަކަށެވެ.

- މި ސްކޮލަރޝިޕްގެ ދަށުން ލިބިދޭ އިނާޔަތްތައް:

  • ޓިއުޝަންފީއާއި، ޔުނިވަރސިޓީއަށް ދައްކަންޖެހޭ ފީތައް (ޔުނިވަރސިޓީގެ އޮފަރލެޓަރގައިވާ އަދަދަށް)
  • މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަނީ ބޭރު ޤައުމެއްގައި ނަމަ، ކޯހަށް ދިއުމަށާއި ކޯސް ނިންމާފައި އެނބުރި އައުމުގެ ދަތުރު ޚަރަދު (ދެކޮޅު އެއަރ ޓިކެޓް އިކޮނޮމީ ކްލާހުން)
  • މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަނީ ބޭރު ޤައުމެއްގައި ނަމަ، އެސްޓަބްލިޝްމަންޓް އެލަވަންސް (އެސްޓަބްލިޝްމަންޓް އެލަވަންސް ދެވޭނީ އެއްފަހަރު، އެއީ ފުރަތަމަ ސެމެސްޓާގައި)
  • ސްޓައިޕަންޑް (ސްޓައިޕަންޑްގެ ގޮތުގައި މަހަކު ދޭނެ އަދަދެއް ކަނޑައަޅާނީ ކިޔަވަންދާ ޤައުމުތަކަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ކަނޑައަޅާފައިވާ އެލަވަންސްތަކަށް ރިޢާޔަތް ކުރުމަށް ފަހު)
  • ބުކް އެލަވަންސް (ބުކް އެލަވަންސް ދެވޭނީ ކޮންމެ ސެމެސްޓާއަކު އެއްފަހަރު)

- މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ފަރާތްތަކުން، ކިޔަވާ ނިންމުމަށްފަހު 5 އަހަރުގެ މުއްދަތަށް ޔުނިވަރސިޓީއަށް ޚިދުމަތްކުރަންޖެހޭ ގޮތަށް ބޮންޑުކުރެވޭނެއެވެ.

- މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ މި ޔުނިވަރސިޓީއިންނެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހިއުމަން ރިސޯސަސް (3022160) އާ ގުޅުއްވުން އެދެމެވެ.

16 އޮކްޓޫބަރު 2023
ހޯދާ