ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ކ.ކާށިދޫއަށް މިފެކަލްޓީގެ 15 މީހުން 21 މާރިޗު 2015 ވާ ހޮނިހިރުދުވަހު އެރަށަށް ދިއުމާއި 22 މާރިޗު 2015ގައި އެނބުރި އައުމަށް ލަސްވެގެން 2 ގަޑިއިރުގެ ތެރޭގައި މާލެ / ކާށިދޫއަށް ދަތުރުކުރެވޭ ސްޕީޑެއްގައި ދުވާ އުޅަނދެއް ބޭނުންވެއެވެ.

ވީމާ، މިދަތުރު ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 08 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ފެކަލްޓީ އޮފް އެޑިޔުކޭޝަން، އަމީނީ ބިލްޑިންގއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ބަލައިގަނެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކެވެ.

12 ޖުމާދަލްއޫލާ 1436

03 މާރިޗު 2015
ހޯދާ