މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫ ކައުންސިލަށް ފެންފިލްޓަރު ފޯރުކޮށްދީ އެތަކެތި ގޭގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން 

ނ. މާޅެންދޫ ކައުންސިލަށް ފެންފިލްޓަރު ފޯރުކޮށްދީ އެތަކެތި ގޭގޭގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

ނ.މާޅެންދޫ ކައުންސިލަށް ބޭނުންވާ 175 ފެން ފިލްޓަރ ފޯރުކޮށްދީ އެތަކެތި ނ.މާޅެންދޫ ގޭގޭގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 16 އޮކްޓޫބަރ 2023 ވާ ހޯމަ ދުވަހުން ފެށިގެން 25 އޮކްޓޫބަރ 2023 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރުއްވުމަށްފަހު މި ކައުންސިލްގެ އީމެއިލް  [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

                  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 24 އޮކްޓޫބަރ 2023 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

        

01 ރަބީޢުލްއާޙިރު 1445

16 އޮކްޓޯބަރ 2023

16 އޮކްޓޫބަރު 2023
ހޯދާ