އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

އއ.ހިމަންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

              އއ.ހިމަންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

 

ބިޑް ރަޖިސްޓްރީ ކުރުން

 

            ބީލަން ހުށަހެޅުއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އއ.ހިމަންދޫ ކައުންސިލަށް ރަޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރެއްވުމަށް  އިޢުލާން ކުރެވޭ ދުވަހުން ފެށިގެން 23 އޮކްޓޯބަރ 2023 ނިޔަލަށް ކައުންސިލްގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލް ކުރައްވައިގެން ރަޖިސްޓްރީކުރުމުގެ ކަންތައް ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ. އއ.ހިމަންދޫ ކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ޕްރީބިޑް ބައްދަލުވުން:

 

           މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި އއ.ހިމަންދޫ ކައުންސިލްގެ އިދާރާގައެވެ. މި ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

 

ބިޑް ހުޅުވުން

 

          ބިޑް ހުޅުވުން އޮންނާނީ 31 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި އއ.ހިމަންދޫ ކައުންސިލް އިދާރާގައި ބިޑް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ދިވެހިރާއްޖޭގައި ކަމާބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

 

 

 

އިތުރު މަޢުލޫމާތު ސާފުކުރުން

         މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7948087 އަށެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 އޮކްޓޫބަރު 2023
ހޯދާ