އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާއަށް 15 މިނީ ޕީ.ސީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. މި އިދާރާއަށް 15 މިނީ ޕީ.ސީ، ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)233-CA/233/2023/13 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ނުލިބުމާއި އަދި ލިބުނު އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އަންދާސީ ހިސާބު ބާޠިލުކޮށް، މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު، ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީކޮށްފައިވާ، ވިޔަފާރިތަކަށެވެ.
  3. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2023 އޮކްޓޫބަރ 23، ހޯމަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ހުށަހަޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. "ބިޑް ރަޖިސްޓްރޭޝަން ފޯމް" އިޢުލާނާ އެޓޭޗްކޮށްފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުން ވެސް ފޯމު ލިބިވަޑައިގަންނަވާނެ އެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް، ބިޑްޑޮކިއުމެންޓް ދޫކުރަމުން ގެންދާނެއެވެ.
  4. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން، 2023 އޮކްޓޫބަރ 25، ބުދަ ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލް ކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިކަމާ ގުޅިގެން ދޫކުރެވޭ އެންމެހައި މަޢުލޫމާތު ހޯއްދެވުމަކީ، މަސައްކަތަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ.

5. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2023 އޮކްޓޫބަރ 26، ބުރާސްފަތި ދުވަހުގެ 13:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

6. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2023 އޮކްޓޫބަރ 26، ބުރާސްފަތި ދުވަހުގެ، 13:15 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

7. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.

16 އޮކްޓޫބަރު 2023
ހޯދާ