ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުން ބޭރުގައި ނުވަތަ މާލޭގައި ދިރިއުޅުނުކަމުގެ/ދިރިއުޅެމުންދާކަމުގެ ލިޔުން ހޯދުމަށް އެދުމާއި ގުޅޭ

އިޢުލާން

ރަށުން ބޭރުގައި ނުވަތަ މާލޭގައި ދިރިއުޅުނުކަމުގެ/ދިރިއުޅެމުންދާކަމުގެ ލިޔުން ހޯދުމަށް އެދުމާއި ގުޅޭ

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢާ ގުޅިގެން ބޯހިޔާވަހިކަމަށް އެދި ފޯމް ހުށަހެޅުމުގެ ބޭނުމުގައި ގިނަ ފަރާތްތަކަކުން، ދިގު މުއްދަތަކަށް މާލޭގައި ދިރިއުޅުނުކަމުގެ/ދިރިއުޅެމުންދާކަމުގެ ލިޔުން ހޯދުމަށް ކައުންސިލްގައި އެދެމުންދާތި، ދަންނަވަމެވެ.

ދެންނެވިފައިވާ ލިޔުން ކައުންސިލުން ހޯދުމަށް ބޭނުންވާ ފަރާތްތަކުން ލިޔުމަށް އެދި ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއި އަދި ލިޔުން ހޯދުމަށް އެދިފައިވާ މުއްދަތުގައި އެފަރާތެއް މާލޭގައި ނުވަތަ ދިގު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅުނުކަމުގެ ހެއްކެއްގެ ގޮތުގައި ބެލެވޭނެ ލިޔުންތައް މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިގޮތައް ލިޔުން ހުށަހަޅާފައިނުވާ އަހަރުތައް މުއްދަތުގެ ތެރޭގައި ނުހިމެނޭނެކަމަށާއި، އަދި މިފަދަ ލިޔުމެއް ހުށަނާޅާ ފަރާތްތަކަށް މި ކައުންސިލުން ލިޔުން ނުދެވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 އޮކްޓޫބަރު 2023
ހޯދާ