ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމު ގަނޑުވަރު ފުރާޅު ބަދަލުކުރުމަށް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހއ.އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އުތީމު ގަނޑުވަރު ފުރާޅު ބަދަލުކުރުމަށް އެސެސްޓްމަންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިޢުލާނާއެކު މައުލޫމާތު ޝީޓް ހީރަސްކުރީމެވެ.

ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ހީރަސްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 24 އޮކްޓޫބަރު 2023 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯން ހުށަހަޅައިފައިނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެ މުއްދަތުގެ ތެރޭގައި ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުން އޮންނާނީ 2023 ނޮވެންބަރު 02  ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ހއ.އުތީމު ކައުންސިލް އިދާރާ އާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގައެވެ.

 ތިރީގައިވާ ލިޔުންތަކަކީ ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް:

-          ބީލަން ފޯމް

-          އެސްޓިމޭޓް        

-           ޕްރޮފައިލް

-          ކުންފުނީގެ ރަޖިސްޓްރީ

-          ޖީ.އެސް.ޓީ ރަޖިސްޓްރީ

-          ޓެކްސް ކްލިއަރަންސް

-          އެސް.އެމް.އީ ރަޖިސްޓްރީ

-          ޖުމުލަ އަގު 500،000 އައްވުރެ މަތިވާނަމަ ޖުމުލަ އަގުގެ %1 ގެ ބިޑް ސެކިއުރިޓީ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500038 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

15 އޮކްޓޫބަރު 2023
ހޯދާ