މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމްގެ ދާއިމީ ލިސްޓްގައި

          މި މިނިސްޓްރީގެ ނަންބަރު IUL471-HDS3/471/2023/260 (14 އޯގަސްޓް 2023) އިޢުލާންއާ ޙަވާލާދީ ދަންނަވަމެވެ.

          ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވުނުއިރު އެ ލިސްޓްގައި ބަޔާންކުރެވިފައިވާ "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކަށް ގިރާވަރު އުތުރުފަޅުން (އުތުރު ތިލަފަޅު) ހިންކާ ބިމުން ގޯތިދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މި މިނިސްޓްރީގެ ނަންބަރު IUL471-HDS3/471/202/330 (24 ސެޕްޓެމްބަރ 2023) އިޢުލާނުން އާއްމުކުރެވިފައިވާ "ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހި" ގެ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބުމަށް ހޮވޭ ފަރާތްތަކަށް ގޯތި ދޫކުރާއިރު އިސްވެ ދެންނެވުނު "ދެވަނަ ބުރުގެ ލިސްޓްގައި ހިމެނޭ" ފަރާތްތަކަށް ގޯތި ދޫކުރާނެ ވާހަކަ ދަންނަވަމެވެ.

          ވީމާ، ބިންވެރިޔާ ސްކީމުގެ ދާއިމީ ލިސްޓްގައި "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" އެއްވެސް ފަރާތަކުން ގޯތި ލިބުމަށް އެދި ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހި" އަށް ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް "ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ" ފަރާތަކުން މިހާރު ހުޅުވާލާފައިވާ "ބިންވެރިޔާސްކީމުގެ ދެވަނަ ފިޔަވަހި" އަށް އެހެން ފަރާތަކާއެކު ޖޮއިންޓް އެޕްލިކޭޝަނެއްގައި ބައިވެރިވާން ބޭނުންވާނަމަ ބިންވެރިޔާ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމު ބާތިލް ކުރުމަށް އެދި [email protected] އީމެއިލް ކުރެއްވުމުން، ފަހުން ހުޅުވާލި ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ.

މިހެންވެ، މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

13 އޮކްޓޫބަރު 2023
ހޯދާ