މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
މޭނާސްކޫލް ހޯލް އިމާރާތުގެ ފުރާޅުން ޓިނު ބަދަލުކުރުމާއި ގުޅޭ

މި ސްކޫލްގެ ހޯލް އިމާރާތުގެ ފުރާޅު ޓިނު ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް 12 ސެޕްޓެމްބަރ 2023 ގައި ކުރި ނަމްބަރ GS47/2023/30 އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ އަލުން އިޢުލާން ކުރީމެވެ. 

 މޭނާސްކޫލް ހޯލް އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރުމާ ގުޅޭ

 

 މި ސްކޫލްގެ ހޯލް އިމާރާތުގެ ފުރާޅު ޓިނު ބަދަލު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  1. މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ މަޢުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. 

  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 12އޮކްޓޫބަރ 2023 އިން 18 އޮކްޓޫބަރ 2023 ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރެޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. 

"ބިޑް ރަޖިސްޓްރީ ފޯމްގެ ލިންކް" :https://forms.gle/EMcY9HTexKj2NRf97

 

  1.  މިޕްރޮޖެކްޓާއިގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ 19 އޮކްޓޫބަރ 2023 ގައި މޭނާސްކޫލްގެ މައި އިމާރާތުގައެވެ. 

  2. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 އޮކްޓޫބަރ 22 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 6 ވަނަ ނަމްބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. 

  3. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 26 އޮކްޓޫބަރ 2023 ވަނަ ދުވަހުގެ 13:00 ގައި މޭނާސްކޫލްގެ މައި އިމާރާތުގައެވެ. 

  4. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ. 

  5. މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ. 

12 އޮކްޓޫބަރު 2023
ހޯދާ