ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމު ކައުންސިލް އިދާރާގެ ވެއްޓިފައިއޮތް އިންފާރު ނަގައި ސާފުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކައުންސިލްގެ އުތުރުފަރާތުން ވެއްޓިފައިވާ އިންފާރު ނަގާއި ސާފުކޮށް ރާނާއިދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

 

މިސައްކަތަށް އެދި އަގު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިންނެވެ.

  1. ވެއްޓިފައިވާ އިންފާރު ނަގައިސާކުކޮށް ރާނައި ދިނުމުގެ އަގު
  2. ވެއްޓިފައިވާ އިންފާރު ނަގައިސާފުކުރުމަކާއި ނުލައި ރާނައި ދިނުމުގެ އަގު

 

     ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2023 އޮކްޓޯބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު އުތީމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފޯމް މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ ސިޓީއަކާއިއެކު ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅާނީ ސިޓީ އުރައެއްގައި ބަންދު ކުރުމަށް ފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށައަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

12 އޮކްޓޫބަރު 2023
ހޯދާ