މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ހިތާދޫ މަސްޖިދުލް ޙަޟާރަތު ކުނިކަހާ ސާފުކޮށް ބެލަހެއްޓުމާއި ކުދިކުދި މަރާމާތުކޮށް ބެލެހެއްޓުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

  • ބ. ހިތާދޫ މަސްޖިދުލް ޙަޟާރަތު އައުޓްސޯސް ކުރުމާބެހޭ:
  1. މިރަށު މަސްޖިދުލް ޙަޟާރަތު ކުނިކަހާ ސާފުކޮށް ބެލަހެއްޓުމާއި ކުދިކުދި މަރާމާތުކޮށް ބެލެހެއްޓުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 12 އޮކްޓޫބަރ 2023 ން 16 އޮކްޓޫބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ގަޑީގައި، ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރ، ނޯޓުކުރާ ފަރާތް އަދި ގުޅޭނެ ފޯނުނަންބަރ މިއިދާރާގައި ނޯޓް ކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކުރާ ފަރާތްތަކަށް އެކަންޏެވެ.
  3. މިބީލަމާގުޅޭ މަޢުލޫމާތު ޝީޓު އަދި އަންދާސީ ހިސާބު ހުށަހަޅާފޯމް މިއިޢުލާނާއެކު ގެޒެޓުގައި އެޓޭޗްކުރެވިފައި ވާނެއެވެ. އަދި ނަންނޯޓް ކުރާ ފަރާތްތަކުން ބޭނުންވާނަމަ މިއިދާރާއަށް ދުރުވުމުން ދޫކުރެވޭނެއެވެ.
  4. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
  5. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
  6. އިތުރު މަޢުލޫމާތު:   ފޯންނަންބަރ: 4005080   އީމެއިލް:  [email protected]
11 އޮކްޓޫބަރު 2023
ހޯދާ