ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
މިސުކޫލުގެ އައު ސުޓާފުރޫމުގައި ޓީޗާރސް ވޯކް ސްޓޭޝަން ހެދުމަށް ބޭނުންވެއެވެ.

 ހާފިޒު އަހުމަދު ސްކޫލް                                                                                                                                                                                                

                                                                                            ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ                                 

                                                                                     (IUL)GS-74/GS-74/2023/32:ނަންބަރ

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ޓީޗާރސް ވޯކްސްޓޭޝަން ހެދުމާއި ބެހޭ

  1. މިސްކޫލުގައި އަލަށް ޢިމާރަތްކުރެވޭ 16 ކުލާސްރޫމް ޢިމާރާތުގެ ސުޓާފް ރޫމުގައި ޓީޗަރުންގެ ވޯކް ސްޓޭޝަން ހެދުމަށް،  ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 އޮކްޓޯބަރ 11 ން 2023 އޮކްޓޯބަރ 16 ށް ބަންދުނޫން ދުވަސްތަކުގެ 08:30 އިން 13:30 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮކްޓޯބަރ 18 ވަނަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. 
  4. ސުވާލު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށް ދިނުން 2023 އޮކްޓޯބަރ 19 ވާ އާދީއްތަ ދުވަހުގެ 11:00ގައި މި ސްކޫލުގެ މީޓިންގ ރޫމުގައި އޮންނާނެއެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 އޮކްޓޯބަރ 24 ވާ އަންގާރަ ދުވަހުގެ 11:00 ގައިމިސްކޫލުގެ މީޓިންގ ރޫމުގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޙާފިޒް އަޙްމަދު ސްކޫލް

ކަނދުވަލި މަގު، ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ.

ފޯން:  6861989

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

 

                             25 ރަބީޢުލް އައްވަލް 1445

                             10 އޮކްޓޯބަރ 2023  

 

 

                       

10 އޮކްޓޫބަރު 2023
ހޯދާ