ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރު ސަރަހައްދުގައި ރެސްޓޯރެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިދަންނަވާ ތާރީޚަށް ނޮޅިވަރަމް ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 22 އޮކްޓޯބަރ 2023 ވާ (އާދިއްތަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް އަދި ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް:    https://forms.gle/wW448CTP5meJkdru9

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

22 އޮކްޓޯބަރ 2023 (އާދިއްތަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

23 އޮކްޓޯބަރ 2023 (ހޯމަ)

10:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 އޮކްޓޯބަރ 2023 ވާ (އާދިއްތަ) ދުވަހުގެ 13:00ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް:[email protected]

10 އޮކްޓޫބަރު 2023
ހޯދާ