އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސާފު އަރިއުތުރު 2023 އިވެންޓް ކަވަރ ކުރާނެ ފަރާތެއް ހޯދުން

އއ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ހިންގަމުންދާ ސާފު އަރިއުތުރު ޕްރޮގުރާމް މި އަހަރު މިރަށުގައި ހިންގުމަށް ހަމަޖެހިފައިވާތީ މި ޕްރޮގުރާމް ހިނގާ ވަގުތު މުޅިއިވެންޓްގެ ފޮޓޯ ނެގުން، ވީޑިއޯކުރުން އަދި އަތޮޅުކައުންސިލްގެ ފޭސްބުކް ޕޭޖަށް ފޮޓޯ އަދި ވީޑިއޯ އަޕްލޯޑް ކޮއްދޭނެ ފަރާތެއް ބޭނުންވެއެވެ.   

   

މަޢުލޫމާތު ދިނުން

މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮއްނާނީ 23 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކައުންސިލް އިދާރާގައެވެ. މި ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

މި ބައްދަލުވުން އޮންނާނީ 26 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ކައުންސިލް އިދާރާގައެވެ.

 

                                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޮކްޓޫބަރު 2023
ހޯދާ