ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް އައި.ޓީ ޙިދުމަތް ދޭނެފަރާތެއް ހޯދުން

ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް އައި.ޓީ ޙިދުމަތް ދޭނެފަރާތެއް ހޯދުން

 

 

 ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ މަސައްކަތްތައް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރީއްޔާއިން ހަރުދަނާކޮށް މިކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށާއި އޮފީހުގެ އައިޓީއާގުޅޭ މަސައްކަތްތަކާ ގުޅޭގޮތުން 1 އަހަރު ދުވަހުގެ މުއްދަތަށް އައި.ޓީ ޙިދުމަތް ދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

#

ތަފުޞީލު

ތާރީޚު

ގަޑި

ތަން

2

އަންދާސީހިސާބު ހުށަހެޅުން

18 އޮކްޓޯބަރ 2023

ހެނދުނު 10:00

މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ

 

މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

 

09 އޮކްޓޯބަރ 2023

09 އޮކްޓޫބަރު 2023
ހޯދާ