މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އޮފިސަރ (ޓްރޭނީ)، ޕްރޮކިއުމަންޓް (އޮފިސަރ، AOT) ނުވަތަ، އެސިސްޓަންޓް އޮފިސަރ، ޕްރޮކިއުމަންޓް (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1
މަޤާމް :އޮފިސަރ (ޓްރޭނީ)، އެޑްމިނިސްޓްރޭޝަން (އޮފިސަރ، AOT) ނުވަތަ، އެސިސްޓަންޓް އޮފިސަރ، އެޑްމިނިސްޓްރޭޝަން (އޮފިސަރ، AO1)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

އޮފިސަރ (ޓްރޭނީ)،ޕްރޮކިއުމަންޓް (އޮފިސަރ، AOT) ނުވަތަ،

އެސިސްޓަންޓް އޮފިސަރ، ޕްރޮކިއުމަންޓް (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިޕާޓްމަންޓް / ޕްރޮކިއުމަންޓް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާއަށް ބޭނުންވާ ތަކެތި ހޯދުމުގެ ގޮތުން ކޯޓޭޝަންތައް ހޯދުމާއި، ބިޑްކުރުމުގެ މަސައްކަތާއި، ޕަރޗޭސް އޯޑަރތައްހެދުމާއި އެ ތަކެތި އޮފީހަށް ބަލައިގަތުމާއި ޕްރޮކިއުމަންޓާ ގުޅޭ މުހިންމު ސިޓީތަކާއި އެހެނިހެން ލިޔެކިއުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްތައް ކުރުން.

ޝަރުޠު:

އޮފިސަރ (ޓްރޭނީ)

އޭލެވެލް1  މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (ބިޒްނަސް ސްޓްރީމްހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ)

 އެސިސްޓަންޓް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން

މަގާމު:

އޮފިސަރ (ޓްރޭނީ)، އެޑްމިނިސްޓްރޭޝަން (އޮފިސަރ، AOT) ނުވަތަ،

އެސިސްޓަންޓް އޮފިސަރ، އެޑްމިނިސްޓްރޭޝަން (އޮފިސަރ، AO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިޕާޓްމަންޓް / އެޑްމިނިސްޓްރޭޝަން ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2,325 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އޮފީހުގެ މެއިންޓެނަންސްއާބެހޭ މަސައްކަތްތަކާއި، ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް މުވައްޒަފުންކުރާ ދަތުރުތަކުގެ ޕްރޮޓޮކޯލް މަސައްކަތްތަކާއި ލޮޖިސްޓިކްސް ހަމަޖެއްސުމާއި، މީޓިންގތަކާ ގުޅިގެން ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަޖެއްސުމާއި، މީރާއަށް ލިބޭ ލިޔެކިޔުންތައް ބަލައިގަތުމާއި، އެ ތަކެތި ޑޮކިއުމަންޓް މެނޭޖްމަންޓް ސިސްޓަމުން ޕްރޮސެސްކުރުމާއި، އޮފީހުގެ އިދާރީ ގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

ޝަރުޠު:

ޓެކްސް އޮފިސަރ (ޓްރޭނީ)

އޭލެވެލް1  މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 4 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (ބިޒްނަސް ސްޓްރީމްހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ)

 އެސިސްޓަންޓް ޓެކްސް އޮފިސަރ

އެސިސްޓަންޓް އޮފިސަރ އަށްވުރެ ދަށް ނޫން މަގާމެއްގައި މީރާގައި މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއް ކަމުގައިވުން

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

-އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

-މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

-މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 އޮކްޓޫބަރު 2023 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް  Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

08 އޮކްޓޫބަރު 2023
ހޯދާ