މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާގުޅޭ

އިޢުލާން

ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމާގުޅޭ

 

މި ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްވުމާއިގުޅިގެން، ދަނޑުބިން ދޫކުރުމަށް ކަނޑައަޅާފައިވާ ބިމާއި، ބިމުގެ އަގަށް އައި ބަދަލާގުޅިގެން، ކައުންސިލުގެ ކުރީގެ ނިންމުމުގެ ދަށުން ކޮށްފައިވާ އިޢުލާނު ބާޠިލުކޮށް، ދަނޑުވެރިކަން ކުރުމަށް ބިން ހޯދުމަށް ކުރިމަތިލުމުގެ ފުރުޞަތު ރ. އަލިފުށީގެ ރައްޔިތުންނަށް އަލުން ހުޅުވާލަމެވެ.

ބިމުގެ ބޮޑުމިން: 3000 އަކަފޫޓް

މުއްދަތު: 5 އަހަރު

އަގު: ފުރަތަމަ އަހަރު ހިލޭ. ބާކީ 4 އަހަރު އަހަރަކަށް -/3000 ރުފިޔާ.

ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދު: 24

ވީމާ، ދަނޑުވެރިކަންކުރުމަށް ބިން ބޭނުންވާ ފަރާތްތަކުން 9 އޮކްޓޯބަރ 2023 އިން ފެށިގެން 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއެކު، ހުށަހަޅާފަރާތުގެ އައިޑީކާޑް ކޮޕީ ހުށަހަޅަންޖެހޭނެއެވެ. ބިމުގެ ޢަދަދަށްވުރެ ގިނަ ފަރާތްތަކުން ބިން ހޯދުމަށް ހުށަހަޅާފައިވާނަމަ، ބިން ދޫކުރާނެ ފަރާތްތައް ކަނޑަޅާނީ ގުރުއަތު ލައިގެންނެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

08 އޮކްޓޫބަރު 2023
ހޯދާ