ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔޫތް ސެންޓަރަށް އޭސީ ގަތުމާއި ހަރުކުރުން

މަކުނުދޫ ޔޫތުސެންޓަރަށް 24000btu  ގެ ހަ އޭސީ ގަތުމާއި އަދި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 05 އޮކްޓޫބަރ 2023 ން 11 އޮކްޓޯބަރ 2023 ގެ 09:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 އޮކްޓޯބަރ 2023 ވަނަ ދުވަހުގެކުރިން މި އިޢުލާމުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 12 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ޕްރޮކިއުމަންޓް ޔުނިޓް

  • މަކުނުދޫ ކައުންސިލް އިދާރާ
  • ހދ.މަކުނުދޫ
  • ފޯން:  9115827
  • އީމެއިލް: [email protected]

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

05 އޮކްޓޫބަރު 2023
ހޯދާ