މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ކިނޮޅަހު ކުނި އަޅާސަރަޙައްދުގައިވާ ފަނާނުވާޒާތުގެކުނި ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލްގެ ނަމްބަރ (IUL)312-PN/312/2023/75  26 ސެޕްޓެމްބަރ 2023 ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަލުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އަލުން ޢިއުލާން ކުރަމެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 16 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

        ކުންފުންޏެއްގެ ފަރާތުން ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލްކުރަނީ ކޮންފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އެއްފަރާތަށްވުރެ ގިނަފާރާތެއް ތަމްޞީލެއް ނުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުންގަންނަވާ ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި ކުނި އަޅާސަރަޙައްދުގައިވާ ފަނާނުވާޒާތުގެކުނި ރަށުން ބޭރުކުރުމަށް ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

05 އޮކްޓޫބަރު 2023
ހޯދާ