ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
އައ.ޑީ ކާޑު ވެރިފަރާތާއި ހާވލުކުރުން

ރިޔާސީ އިންތިޚާބު 2023، މިޚާއްސަ ހާލަތާއި ގުޅިގެން އައި.ޑީ ކާޑުގެ ވެރިފަރާތުގެ އިއުތިރާޒާއެކު އެހެން ފަރާތަކަށް އަ.ޑީ ކާޑު ދޫކުރި ނަމަވެސް މި ހާލަތު މިހާރު ނިމިފައިވާތީ 2023 އޮކްޓޯބަރ 04 ވަނަ ދުވަހުން ފެށިގެން އައި.ޑީ ކާޑު ދޫކުރާނީ ކުރިއެކޭ ވެސް އެއްގޮތަށް  އައި.ޑީ ކާޑުގެ ވެރިފަރާތަށެވެ. ނަމަވެސް 18 އަހަރުން ދަށުގެ ކުދިންގެ އައި.ޑީ ކާޑު ދޫކުރާނީ މަންމަ، ބައްޕަ ނުވަތަ  ޤާނޫނީނީ ބެލެނިވެރިޔާއަށެވެ.

ރައްކާތެރިކަމާއެކު ރަށްތަކަށް އައި.ޑީ ކާޑު ފޮނުވުމަށްޓަކައި 2023 އޮކްޓޯބަރ 04 ވަނަ ދުވަހުން ފެށިގެން  މޯލްޑިވްސް ޕޯސްޓު މެދުވެރިކޮށް އެރަށެއްގެ ކައުންސިލަށް ފޮނުވަމުންދާނެ ވާހަކަ ދެންނެވީމެވެ.

18 ރަބީޢުލްއައްވަލް 1445

03 އޮކްޓޯބަރ 2023

03 އޮކްޓޫބަރު 2023
ހޯދާ