ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާއިން ހދ.މަކުނުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލް – 2023" ގެނެވުނު އިޞްލާޙް ޢާއްމުކުރުން

އިޢުލާން

 

"ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް  އިދާރާއިން ހދ.މަކުނުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލް – 2023" ގެނެވުނު އިޞްލާޙް ޢާއްމުކުރުން

 

 

    ހދ.މަކުނުދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް "ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް  އިދާރާއިން ހދ.މަކުނުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލް – 2023" ގައި ވާ މާއްދާތަކަށް އުނިއިތުރު ގެނެވިފައިވާތީ، އުޞޫލު އިސްލާހުކުރުމަށްފަހު އަލުން ޢާއްމުކުރަމެވެ. މިގޮތުން ހދ.މަކުނުދޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2400 (ދެހާސް ހަތަރުސަތޭކަ) އަކަފޫޓުގެ 215 (ދުއިސައްތަ ފަނަރަ) ބަންޑާރަ ގޯއްޗެވެ. އުޞޫލަށް ގެނެވުނު އިސްލާހާއިއެކު ހދ.މަކުނުދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު، 2023 އޮކްޓޯބަރ 04 ވާ ބުދަ ދުވަހުގެ 12:00 ން ރަސްމީ 10 ދުވަހުގެ މުއްދަތަށް ހުޅުވާލެވޭނެއެވެ. ގެވަޅާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް (މަކުނުދޫ ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ނަޝްވާ އަޙްމަދު ފައިޞަލް، 9720343) އަށް ގުޅުއްވުން އެދެމެވެ.

 

ގެވަޅު އުސޫލް: https://rb.gy/rfkcu

 

              ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޮކްޓޫބަރު 2023
ހޯދާ