ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިހާނުގެ ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ މީހުން ހޯދުން

2023 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިހާނުގެ ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ މީހުން ހޯދުން

 

 2023 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ މާކިންގ ހޯލުގައި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

ކްލެރިކަލް އެގްޒޭމިނަރ

06

06

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

  1. މާކިންގ ވާރކްޝޮޕް:

 28 އޮކްޓޫބަރު 2023 އިން 31 އޮކްޓޫބަރު 2023 އަށް (14:00 އިން 18:00 އަށް)

  1. މާކިންގ:

01 ނޮވެންބަރު 2023 އިން 18 ނޮވެންބަރު 2023 އަށް (14:00 އިން 18:00 އަށް) 

 

އުޖޫރަ:

  1. މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ.
  2. ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.    

ޝަރުޠު:

ކްލެރިކަލް އެގްޒޭމިނަރ ކަމަށް އެދޭ މީހުންގެ ޝަރުޠު:

  1. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ކުރިން މިމަސައްކަތުގައި އުޅެފައިވުން.
  2.  މި މަސައްކަތަށް މީހުން ނެގުމުގައި 40 އަހަރުން ދަށުގެ މީހުންނަށް އިސްކަން ދެވޭނެ އެވެ.

މަސްޢޫލިއްޔަތު:

  1. މާކަރުންނާއި އެގްޒޭމިނަރުންގެ ޙާޟިރީ ބެލެހެއްޓުން
  2. މާކަރުން، މޮޑަރޭޓަރުން، އޮޑިޓަރުން، އެގްޒޭމިނަރުން އަދި ޗީފް އެގްޒޭމިނަރުންނަށް އެހީތެރިވުން
  3. މާކިންގ ފެށުމުން ޙަވާލުކުރެވިފައިވާ ގްރޫޕްތައް ބެލެހެއްޓުން
  4. ވާރކްޝޮޕްގައި މާކަރުންނަށް ޖަވާބުކަރުދާސް ބެހުމާއި މާކުކޮށް ނިމުމުން ކަރުދާސްތައް ނަގައި ތަރުތީބުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  5. މާކަރުން ލައްވައި ސޮއި ކުރުމަށް ފަހު ޖަވާބު ކަރުދާސް އެ މާކަރަކަށް ޙަވާލުކުރުން
  6. ޙަވާލުކުރެވިފައިވާ ގްރޫޕުގައިތިބޭ މާކަރުން މާކުކޮށްފައިވާ ކަރުދާހުގައި ދީފައިވާ ޢަދަދާއި މާކުސްޝީޓުގައިވާ ޢަދަދު ދިމާވޭތޯ ކަށަވަރު ކުރުން
  7. މާކު ނުކުރާ ސުވާލެއް އޮތްތޯ އާއި ސުވާލަށް ކަނޑައެޅިފައިވާ ވަރަށް ވުރެ އިތުރަށް މާކުސް ދީފައިވޭތޯ ޗެކް ކުރުން
  8. ޙަވާލުކުރާ ކަރުދާސް ތަކުގެ ތެރޭގައި ސިޓީ އުރައިގެ ބޭރުގައި ހުރި ކޯޑުތައް ފިޔަވައި އެހެން ކޯޑެއްގެ ކަރުދާހެއް ނުވަތަ އެހެން މާއްދާ އެއްގެ ކަރުދާހެއް ނުވަތަ މާކު ކުރަމުންދާ ކަރުދާސް ފިޔަވައި އެހެން ކަރުދާހެއް ނެތްކަން ކަށަވަރު ކުރުން
  9. ގްރޫޕުގައި ހިމެނޭ މާކަރުންގެ ޖަވާބު ކަރުދާސްތައް ޗެކްކޮށް އެގްރޫޕެއްގެ އެގްޒަމިނަރުންނާ ޙަވާލުކުރުން

       އެގްޒޭމިނަރުންގެ މަސައްކަތް އެއްކޮށް ނިމުމުން އެކަރުދާސްތައް، މާކުސް އެންޓަރކުރާ މޭޒަށް ޙަވާލުކުރުން.

  1. އިދާރީގޮތުން މަސައްކަތްކުރާ އެހެން ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން
  2. ޙަވާލު ކުރެވިފައިވާ ގްރޫޕުގެ ގްރޫޕު ތަކެތި ހަމަކޮށް ގަޑިއަށް މާކިންގ ފެށޭ ވަރަށް ހޯލް ތައްޔާރުކުރުން
  3. މާކިން މަސައްކަތާގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަމުގައި އެހީތެރިކަން ދިނުން

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

  1. ތަޢުލީމީ ފެންވަރު   %70
  2. މަސައްކަތު ތަޖުރިބާ % 20 
  3. އިންޓަވިއު       

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  1. ކްލެރިކަލް އެގްޒޭމިނަރުން ކަނޑައަޅާނީ ކްލެރިކަލް މަސައްކަތަށް އެދޭ ފޯމުން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށް.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ކްލެރިކަލް މަސައްކަތަށް އެދޭ ފޯމު
  2.  ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  3. ލިބިފައިވާ ތަމްރީނާއި ތަޖުރިބާ ދެނެގަތުމަށް ބޭނުންވާ ލިޔުކިއުންތައް
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ 
  5. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:

 2023 އޮކްޓޫބަރު 10 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ " ކްލެރިކަލް މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
  • މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
03 އޮކްޓޫބަރު 2023
ހޯދާ