ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

ހއ. އުތީމުން ދިރިއުޅުމަށް ޓަކައި 2000 އަކަފޫޓުގެ 36 ބަންޑާރަ ގޯތި ދޫކުރުމަށް އުތީމު ކައުންސިލްގެ 04 ވަނަ ދައުރުގެ 118 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާތީ، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2023 އޮކްޓޯބަރ 03 ވާ އަންގާރަ ދުވަހުން ފެށިގެން 2023 ނޮވެންބަރު 02 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މި އިޢުލާނާއެކު، "ދިރިއުޅުމަށް ޓަކައި ބަންޑާރަ  ގޯތި ދޫކުރުމުގެ ޢުޞޫލާއި، ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލު އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު އަންގައިދޭ ޗާޓު ޝާއިޢުކުރީމެވެ.

ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން 14:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.   

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ސެޕްޓެންބަރު 2023
ހޯދާ