ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހަން ދަސްކޮށްދޭ ކޯހާގުޅޭ

މިކޮމެޓީން ރަށުގެ ކަނބަލުންނަކީ ފުދުންތެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ކަނބަލުންނަށް އަމާޒުކޮށްގެން 2023 ނޮވެމްބަރ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ފަހާކޯހަށް ކުރިމަތިލުމުގެ ފުރުޞަތު 25 ސެޕްޓެމްބަރ 2023 ( މިއަދުން) ފެށިގެން ހުޅުވާލަމެވެ.

ކޯހާބެހޭ އިތުރު މަޢްލޫމާތު ތިރީގައި އެވަނީއެވެ.

  • ކޯހުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ 60 ބައިވެރިންނެވެ.
  • ބައިވެރިއެއްގެ އަތުން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 700 ( ހަތް ސަތޭކަ ) ރުފިޔާއެވެ.
  • ބައިވެރިވާ ކޮންމެ ކަނބަލަކު ފަހާފޮށި ގެންނަން ވާނެއެވެ.
  • ކޯހަށް ބޭނުންވާ މެޓީރިއަލްސް ކޮންމެ ބައިވެރިއަކަށް ފޯރުކޮށްދެވޭނެއެވެ.
  • ކޯހުގައި ބައިވެރިވެވޭނީ މިހިނގާ 2023 ވަނައަހަރުގެ ޑިސެމްބަރ މަހަށް 18 އަހަރުފުރޭ ކަނބަލުންނަށެވެ.

ވީމާ، މި ކޯހުގައި ބައިވެރިވާން ބޭނުންވާ ކަނބަލުން 8 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން ފަހާކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފަހާކޯހުގައި  ބައިވެރިވުމަށް އެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

25 ސެޕްޓެންބަރު 2023
ހޯދާ